މަޢުލޫމާތު ހޯދުމަށް ހުށަހެޅުން

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަޢުލޫމާތެއް ހޯދުމަށް އެދި ހުށަހަޅާނީ، މިކޮމިޝަނުން އާންމުކޮށްފައިވާ “މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދޭ ފޯމް” ފުރިހަމަކޮށްގެންނެވެ. މިގޮތުން ފުރިހަމަކޮށްފައިވާ ފޯމު މިކޮމިޝަނުގެ ކައުންޓަރަށް ނުވަތަ މިކޮމިޝަނުގެ ރަސްމީ އީ-މެއިލްއަށް ހުށަހެޅޭނެއެވެ.

މިގޮތުން، މަޢުލޫމާތެއް ހޯދުމަށް އެދި ހުށަހަޅާއިރު، ތިރީގައިމިވާ ކަންކަމަށް ސަމާލުކަންދޭންވާނެއެވެ.
• ހޯދުމަށް އެދެނީ ކޮން މަޢުލޫމާތެއްކަން ތަފުސީލުކޮށް ބަޔާންކޮށްދީފައި އޮތުން.
• ފޮނުވަންޖެހޭ މަޢުލޫމާތުތައް ފޮނުވާނޭ އެޑްރެހެއް ކަނޑައަޅާފައި އޮތުން.
• މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ފީ ދެއްކުމަށް އެއްބަސްވެފައިވާކަން ކަށަވަރުކުރުން.
• މަޢުލޫމާތު ހޯދުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނޭ ނަންބަރެއް އެނގެން އޮތުން.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×