ރެކޯޑް ސާފު ކޮށްދިނުން

ސިވިލް ސަރވިސްގެ ވަޒީފާތަކަށާއި، ދައުލަތުގެ އެހެނިހެން ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކާއި، މަތީ ތަޢުލީމުގެ ފުރުސަތުތަކަށް ކުރިމަތިލާ ފަރާތްތަކުން ކުށުގެ ރެކޯޑް ސާފުކުރުމަށްޓަކައި ދައުލަތުގެ ބައެއް އިދާރާތަކަށް ހުށަހަޅަންޖެހެއެވެ. އެގޮތުން
އެންޓި-ކޮރަޕްޝަން ކޮމިޝަނަކީ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް ދެމުންދާ އިދާރާއެކެވެ. ކުށުގެ ރެކޯޑް ސާފުކުރުމަށް އަންނަ ފަރާތްތަކަށް އެކަން ހަމަޖައްސައިދެނީ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ރެޖިސްޓްރޭޝަން ޔުނިޓުންނެވެ.

މިގޮތުން ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް ދެމުންދާ ގަޑިތައް ތިރީގައި މިވަނީއެވެ.

  • މިގޮތުން ފޮނުވާ ފޯމުތައް ނިންމައި، ތިރީގައިވާ ގޮތަށް އީ-މެއިލް މެދުވެރިކޮށް ޖަވާބު ފޮނުވޭނެއެވެ.
    ހެނދުނު 8:00 ގެ ކުރިން ހުށަހަޅާ ފޯމްތައް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 12:00 ގެ ކުރިން ނިންމައިދެވޭނެއެވެ.
    މެންދުރު 12:00 ގެ ފަހުން ހުށަހަޅާ ފޯމްތައް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 12:00 ގެ ފަހުން ނިންމައި ދެވޭނެއެވެ.

ކޮވިޑް-19 އާ ގުޅިގެން އިޢުލާންކޮށްފައިވާ އައު ޢާންމު ޙާލަތުގެ މުއްދަތުގައި ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. އެގޮތުން ރެކޯޑް ސާފުކުރާ ފޯމުތައް ކޮމިޝަނުގެ އީ-މެއިލް records@acc.gov.mv އަށް ފޮނުވުން އެދެމެވެ. މިގޮތުން ފޮނުވާ ފޯމުތައް ނިންމައި، ޖެހިގެން އަންނަ ރަސްމީ ދުވަހުގައި އީ-މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ރެކޯޑް ސާފުކުރުމަށް އެދި މެއިލްކުރާއިރު، ފޯމުގެ އިތުރުން އައިޑީ ކާޑުގެ ކޮޕީއެއް އެޓޭޗްކުރަންވާނެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން އިން ރިކޯޑު ސާފުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު ބެއްލެވުމަށް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×