އުނގަންނައިދިނުމާއި ހޭލުންތެރިކުރުން

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު 2008/13 ގެ 21 ވަނަ މާއްދާގެ ރ، ބ އަދި ޅ ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތު އަދާކުމަށް ހޭލުންތެރިކުރުމަކީ ކޮމިޝަންގެ މައިގަނޑު އެއް ސްޓްރެޓެޖީ ކަމުގައި ވަނީ ކަނޑައަޅާފައެވެ. މިގޮތުން 2015 ވަނަ އަހަރު ކޮމިޝަންގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން 1 މާރިޗު 2015 ގައި އެޑިއުކޭޝަން އެންޑް އެވެއަރނެސް ޔުނިޓުގެ ނަމުގައި ޔުނިޓެއް އުފައްދާފައިވެއެވެ. މި ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ:

  • ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލުމަށްޓަކައި ހިންގަންޖެހޭ ހޭލުންތެރި ކުރުމުގެ ޙަރަކާތްތައް ރާވާ އިންތިޒާމްކޮށް ހިންގުން
  • ދިވެހިރައްޔިތުންނަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ، ހޭލުންތެރި ބަޔަކަށް ހެދުމަށް ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން ޙަރަކާތްތައް ރާވާ ހިންގުން
  • ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަހާއި ރާއްޖޭގައި ފާހަގަ ކުރާ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށް ތަފާތު ޙަރަކާތްތައް ފުޅާދާއިރާއެއްގައި ހިންގުން
  • މީޑިއާ މެދުވެރިކޮށް ކޮރަޕްޝަނާ ދެކޮޅަށް ޢާއްމުން ހޭލުންތެރި ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުން
  • ނަޒާހަތްތެރިކަން އާލާކުރުމަށް މަސައްކަތްކޮށް އެފަދަ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ނަޒާހަތްތެރިކަމުގެ އިނާމް ދިނުމުގެ އެންމެހާ ޙަރަކާތްތައް ރާވާ ހިންގުމާއި ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދަކީ ޢާއްމުންނަށް އެނގޭ، ގިނަ ބަޔަކު ސޮއިކޮށްފައިވާ ވަޢުދަކަށް ހެދުން


ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×