ނަޒާހަތްތެރިކަމާގުޅޭ ޙަރަކާތްތައް

ނަޒާހަތްތެރިކަން ކުރިއެރުވުމުގެ ގޮތުން ކޮމިޝަނުން ތަފާތު ގިނަ ޙަރަކާތް ހިންގައެވެ. މިގޮތުން ސިލްސިލާ ޕްރޮގްރާމްތަކެއްގެ ގޮތުގައި “ބިތުފަންގި” ރޭޑިއޯ އަދި ޓީވީ ޕްރޮގްރާމްތައް ގެނެސްދެވެއެވެ. ޢާއްމު ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ތަކެތި އުފައްދާ، ޗާޕުކޮށް ހިލޭ ލިބޭނެ އިންތިޒާމް ހަމަޖެއްސެއެވެ. މިގޮތުން ކޮރަޕްޝަނާމެދު ހޭލުންތެރި ކުރުމަށް މެސެޖްތަކެއް ހިމަނައިގެން ކޮންމެ އަހަރެއްގެ ކަލަންޑަރު ތައްޔާރުކޮށް ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ފޮނުވެއެވެ. ލީފްލެޓާއި، ޕޯސްޓަރ، ބްރޯޝަރ، ސަޕްލިމެންޓް ފަދަ އާލާތްތައް ޗާޕްކޮށް ޢާއްމުންނަށް ފޯރުކޮށްދެވެއެވެ. ތަފާތު މުބާރާތްތަކާއި ސޯޝަލް މީޑިއާ ކެމްޕޭންތައް ހިންގެއެވެ. މީގެ އިތުރުން ދަރިވަރުންގެ ގައިގާ ނަޒާހަތްތެރިކަމުގެ ސިފަ އަށަގެންނެވުމުގެ ގޮތުން “އިންޓެގްރިޓީ އެޑިޔުކޭޝަން ފޯ ސްކޫލްސް” ނަމުގައި ޕްރޮގްރާމެއްވެސް ވަނީ އެކުލަވާލާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×