ގުޅުންހުރި ފަރާތަކުން ތަކެއްޗާއި ޚިދުމަތް ހޯދުމުގައި މަޝްވަރާ ދިނުން
ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ 12.05 (މުވައްޒަފަކާ ގުޅުންހުރި ވިޔަފާރިއަކާ، ވިޔަފާރީގެ މުޢާމަލާތެއް ހިންގުން) ވަނަ މާއްދާގެ (ހ) ގައި “ދައުލަތުގެ ތަނަކަށް، އެ ތަނެއްގެ މުވައްޒަފަކާ ގުޅުންހުރި ވިޔަފާރިއަކުން އެ ތަނަކަށް އެއްޗެއް ގަންނަންވާނީ، ނުވަތަ މުވައްޒަފަކާ ގުޅުންހުރި ތަނަކުން މަސައްކަތެއް ކުރުވައި ޚިދުމަތެއް ހޯދަންވާނީ، އެނޫން ގޮތަކަށް އެކަން ކުރެވެން ނެތް ޙާލަތެއްގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މަޝްވަރާ ލިޔުމަކުން ލިބިގެންކަމަށް” ބަޔާންކޮށްފައިވެއެވެ. މިފަދަ ޙާލަތެއްގައި އޭސީސީގެ މަޝްވަރާ ދިނުމަށް ހަމަޖެހިފައިވަނީ، އެކަމަކަށް ބޭނުންވުމުން، އެފަހަރަކު ބޭނުންވާކަމެއް (ގަންނަން ބޭނުންވާ އެއްޗެއް ނުވަތަ ކުރުވަން ބޭނުންވާ މަސައްކަތެއް ނުވަތަ ހޯދަން ބޭނުންވާ ޚިދުމަތެއް) ވަކިވަކިން ހުށަހެޅުމުންނެވެ. އެގޮތުން މިކޮމިޝަނުގެ މަޝްވަރާއަށް އެދި ހުށަހަޅާއިރު، ތިރީގައިމިވާ މަޢުލޫމާތާއި ލިޔުންތައް ހުށަހަޅަންވާނެއެވެ.
• ކޯޓޭޝަން ހޯދައިގެން އެއްޗެއް ގަތުން ނުވަތަ މަސައްކަތެއް ކުރުވުން ނުވަތަ ޚިދުމަތް ހޯދާ ޙާލަތް:
o ކޯޓޭޝަނުގެ ކޮޕީ؛
o ވަކި ފަރާތަކަށް އެވޯޑްކުރުމަށް ނިންމާފައިވާ ނިންމުން އެނގޭނެ ލިޔުމުގެ ކޮޕީ؛
o ގުޅުންހުރި ފަރާތުގެ މަޢުލޫމާތު؛
o ގުޅުންހުރި މުވައްޒަފުގެ މައިގަނޑު ޒިންމާތައް؛
o ގުޅުންހުރި އެހެނިހެން ލިޔުންތަކުގެ ކޮޕީ
• އާންމުކޮށް އިޢުލާންކޮށްގެން އެއްޗެއް ގަތުން ނުވަތަ މަސައްކަތެއް ކުރުވުން ނުވަތަ ޚިދުމަތް ހޯދާ ޙާލަތް:
o އިޢުލާނުގެ ކޮޕީ؛
o އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތު ކަރުދާހުގެ ކޮޕީ؛
o މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވި ފަރާތްތައް އެނގޭނެ ލިޔުމުގެ ކޮޕީ؛
o އަންދާސީ ހިސާބު ހުށަހެޅި ފަރާތްތައް އެނގޭނެ ލިޔުމުގެ ކޮޕީ؛
o ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ ކޮޕީ؛
o އަންދާސީ ހިސާބުތައް އިވެލުއޭޓްކުރި ގޮތުގެ ރިޕޯޓުގެ ކޮޕީ؛
o ބިޑު ކޮމެޓީގެ ބައްދަލުވުމުގެ ޔައުމިއްޔާ؛
o ގުޅުންހުރި މުވައްޒަފުގެ މަޢުލޫމާތު / ހުރި ގުޅުން؛
o ގުޅުންހުރި މުވައްޒަފުގެ މައިގަނޑު ޒިންމާތައް