ހުށަހަޅާނެ ވަގުތު

ކޮރަޕްޝަނުގެ ޢަމަލެއް ހިންގާ ކަމުގެ ޝައްކުކުރެވި ތުހުމަތުކުރެވޭނަމަ ލަސްނުކޮށް އެކަން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގަންވާނެއެވެ. މި ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިދާނެ މައްސަލަތަކުގެ ބައިގައި ފާހަގަކޮށްފައި އެވާ ކަންކަމުގެ ތެރެއިން ކަމެއް ހިނގާކަމަށް  ނުވަތަ ހިންގަން އުޅޭކަމަށް ނުވަތަ ހިނގައިފި ކަމަށް ޝައްކުކުރެވޭ ހިސާބަކީ،  އެކަން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއްގެ ގޮތުގައި ހުށަހަޅަންވީ ވަގުތެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ މުއްދަތަކީ ކޮބާ؟

ޤާނޫނު ނަންބަރު 2015/6 (ޤާނޫނު ނަންބަރު 2014/9 އަށް 1 ވަނަ އިސްލާޙުގެނެއުމުގެ ޤާނޫނު) ގެ 19 ވަނަ މާއްދާއިން، ޤާނޫނު ނަންބަރު 2014/9 ގެ 61 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު އިސްލާޙުކުރުމާ ގުޅިގެން، އެ ޤާނޫނުގެ 510 ވަނަ ބާބުގައިވާ ކުށްތަކަށް ދަޢުވާކުރުމަށް ކަނޑައަޅިފައިވާ މުއްދަތު އުވާލާފައިވާތީ، ޤާނޫނު ނަންބަރު 2000/2 އަށް ޢަމަލުކުރަން ފެށި ތާރީޚް ކަމުގައިވާ 31 އޮގަސްޓް 2000 ގެ ފަހުން ހިންގާފައިވާ ކޮރަޕްޝަންގެ އެންމެހާ ކުށްތަކަށް ދަޢުވާކުރެވޭނެއެވެ. އެހެންކަމުން 31 އޮގަސްޓް 2000 ގެ ފަހުން ހިންގާފައިވާ ކޮރަޕްޝަންގެ ކުށްތައް ތަޙުޤީޤުކުރުމަށް މިކޮމިޝަނަށް ހުށަހެޅިދާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×