ފަހުމުނާމާ

ތިރީގައިމިވަނީ ކޮމިޝަނުން މިހާތަނަށް އެކި ފަރާތްތަކާ އެކު ވެފައިވާ ފަހުމުނަމާތަކެވެ.

1. ޕަބްލިކް ސަރވިސް މީޑީއާ:

މަޤްޞަދު: އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ކޮރަޕްޝަން ނައްތާލުމަށާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ޕީއެސްއެމްއާއި އޭސީސީ ގުޅިގެން މަސައްކަތް ކުރުމަށާއި، ކޮމިޝަނުން އިންތިޒާމްކޮށްގެން ބޭއްވި މަހާސިންތާތަކާއި، ޖަލްސާތަކާއި ކޮރަޕްޝަން ނައްތާލުމަށް ހިންގާ އެކިއެކި ޙަރަކާތްތަކުގައި މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ޕީއެސްއެމްއިން ޙަރަކާތްތެރިވުން.

2. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް:

މަޤްޞަދު: އެންޓި-ކޮރަޕްޝަން ކޮމިޝަނުން، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއެކު ނަޒާހަތްތެރިކަން ކުރިއެރުވުމަށް މޭ 10 އިން 11 އަށް ބޭއްވި އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާގެ ޓައިޓްލް ސްޕޮންސަރއެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ހަމަޖެއްސުން.

3. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓ:
މަޤްޞަދު: އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ މަތިކުރެވިފައިވާ ޤާނޫނީ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގައި އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިކަމާ އެއްބާރުލުން ދީ ގުޅިގެން މަސައްކަތްކުރުން.

4. ރޭޑިއޯ އެޓޯލް:

މަޤްޞަދު: ކޮރަޕްޝަނާދެކޮޅަށް ޢާއްމުން ހޭލުންތެރިކުރުމަށް އޭސީސީއިން ކުރާ މަސައްކަތުގެ ތެރެއިން އުފައްދާ ބިތުފަންގި ރޭޑިއޯ ސިލްސިލާ 4ގެ ޕްރޮގްރާމްތައް ރޭޑިއޯ އެޓޯލްއާއި ގުޅިގެން ތައްޔާރުކުރުމާއި ބްރޯޑްކާސްޓް ކުރުން.

5. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް:

މަޤްޞަދު: އެންޓި-ކޮރަޕްޝަން ކޮމިޝަން އިން ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށާއި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އިން ބައިވެރިވެ، ދެފާރާތުން ގުޅިގެން މަސައްކަތްކުރުން.

6. މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް:

މަޤްޞަދު: މޯލްޑިވް ފައިނޭންސް ލީސިންގ ކޮމްޕެނީގެ ފަރާތުން ކުރިޔަށް ގެންދާ “ލައިފް ސްޓައިލް ލީސް ސްކީމް” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މުވައްޒަފުންނަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުން.

7. ޕްރޮސިކުއުޓަރ ޖެނެރަލްގެ އޮފީސް:

މަޤްޞަދު: ކޮރަޕްޝަންގެ މައްސަލަތަކުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި، ޝަރީޢަތަށް ހުށަހަޅާ މައްސަލަތަކުގައި އެހީތެރިކަމާއި އެއްބާރުލުންދެވޭނެ ދާއިރާތައް ފާހަގަކޮށް، މައްސަލަތައް ހަލުއިކަމާއެކު ކުރިއަށް ގެންދިއުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން މަސައްކަތްކުރުން.

8. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ:

މަޤްޞަދު: އެމްއެންޔޫގެ ބިޒްނަސް ސްކޫލާ ގުޅިގެން “ސެޓްފިކެޓް 3 އިން ޕަބްލިކް ޕްރޮކިއުމަންޓް އެންޑް ފައިނޭންޝިއަލް ރެގިއުލޭޝަން” ގެ ނަމުގައި ކޯހެއް ހިންގުމަށްޓަކައި ދެފަރާތުން ގުޅިގެން މަސައްކަތްކުރުން.

9. ޓްރާންސްޕޭރަންސީ މޯލްޑިވްސް:

މަޤްޞަދު: ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލްގެ ފަރާތުން ކުރިއަށް ގެންދާ “ސްޓްރެންގތްނިންގ އެންޓި-ކޮރަޕްޝަން އެޖެންސީސް އިން އޭޝިއާ ޕެސިފިކް” އިނީޝިއޭޓިވްގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ދިރާސާއާ ގުޅޭ މަސައްކަތްތަކަށް ފަހިކުރުން.

10. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް:

މަޤްޞަދު: މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުން ކުރިއަށްގެންދާ މުވައްޒަފުންގެ ސްކީމްގައި ބައިވެރިވެ ކްލަޔަންޓުގެ މުވައްޒަފުންނަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ފަހިކުރުވުމާއި، ޙައްޖަށް ދިއުމަށްޓަކައި މުވައްޒަފުންގެ ސްކީމުގައި ބައިވެރިވާ މުވައްޒަފުން ދައްކަންޖެހޭ ފައިސާ ކްލަޔަންޓު މެދުވެރިކޮށް ދެއްކޭނެގޮތް ހަމަޖައްސާ އެކަންކަމާ ބެހޭގޮތުން ދެފަރާތުން ޢަމަލުކުރާނެ ގޮތްތައް އެކުލަވާލުން.

11. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް):

މަޤްޞަދު: އޭސީސީގެ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ލީޑަރޝިޕް ސްކިލްސް އާއި ޓީމްވޯކް ކުރިއަރުވައި ޤައުމީ ރޫޙު އާލާކުރުމުގެ ގޮތުން “ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް” އެއް ކުރިއަށްގެންދިއުން.

12. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް:

މަޤްޞަދު: ދެމުއައްސަސާގެ ނައްޗަށް ޤާނޫނުން ލާޒިމްކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރުމަށް ކުރަންޖެހޭ ކަންކަމުގައި ލަފަޔާއި ޚިޔާލާއި، އެހީތެރިކަން ދިނުމާއި، ތަމްރީނު ޕްރޮގްރާމްތަކާއި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ދެމުއައްސަސާއިން ތަންފީޛުކުރާ ޤާނޫނުތަކާއި ގަވާއިދުތައް ފުރިހަމަ ގޮތުގައި ތަންފީޛުކުރުމަށް އެހީތެރިވެދޭނެ މަޢުލޫމާތު ހިއްސާ ކުރުމުގެ އިތުރުން ނަޒާހަތްތެރިކަމުގެ ޤައުމީ ޕްލޭން ތަންފީޛުކުރުމުގައި ދެމުއައްސަސާއިން ގުޅިގެން މަސައްކަތް ކުރުން.

13. ކްލަބް މޯލްޑިވްސް:

މަޤްޞަދު: މައިލޯ ކްލަބް މޯލްޑިވްސް ކަޕް 2016 އާއި 30/18، ވިމެންސް ފުޓްސަލް ފިއެސްޓާގެ “ސޯޝަލް ޕާޓްނަރ” އެއްގެ ގޮތުގައި ޙަރަކާތްތެރިވުމެވެ. އެގޮތުން، ކޮރަޕްޝަނާމެދު މުޖުތަމަޢު ހޭލުންތެރިކުރުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން މަސައްކަތްކުރުމާއި، ނަޒާހަތްތެރިކަން ދިރުވާ އާލާކުރުމަށް ނަޒާހަތްތެރިކަމަށް ހިތްވަރުދިނުމުގެ މެސެޖްތައް ޢާންމުކުރުމާއި، ކޮރަޕްޝާ ދެކޮޅަށް ކުރާ ކެމްޕޭންގައި ޒުވާނުން ބައިވެރިކުރުން.

14. ސަންގު ޓީވީ:

މަޤްޞަދު: އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އުފައްދާ 13 އެޕިސޯޑުގެ މައްޗަށް އެކުލެވޭ ބިތުފަންގި-2 ޓީވީ ޕްރޮގްރާމް ބްރޯޑްކާސްޓްކޮށްގެން ކޮރަޕްޝަނާއި، ކޮރަޕްޝަނުގެ ސަބަބުން މުޖުތަމަޢަށްކުރާ ނޭދެވޭ އަސަރުތަކާމެދު ދިވެހި މުޖުތަމަޢު ހޭލުންތެރި ކުރުވައި، ދިވެހި މުޖުތަމަޢަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖުތަމަޢެއްކަމުގައި ހެދުމަށް މަސައްކަތްކުރުން.

15. އައިސް ޓީވީ:

16. ޗެނަލް 13:

17. ސަންޓީވީ:

18. ޕަބްލިކް ސަރވިސް މީޑިއާ:

19. ދިޓީވީ:

20. ވީޓީވީ:

21. ޕަބްލިކް ސަރވިސް މީޑިއާ:

މަޤްޞަދު: ކޮރަޕްޝަނާމެދު އާންމު މުޖުތަމަޢު ހޭލުންތެރިކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށްގެންދާ ބިތުފަންގި ޓީވީ ޕްރޮގްރާމް ތައްޔާރުކުރުމާއި، ބްރޯޑްކާސްޓްކުރުން.

22. މެލޭޝިއާގެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އެމް.އޭ.ސީ.ސީ):

މަޤްޞަދު: ކޮރަޕްޝަންގެ ކުށްތައް ތަޙުޤީޤުކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް ޢާއްމުން ހޭލުންތެރިކޮށް ޕްރިވެންޝަންގެ މަސައްކަތް އިތުރުކުރުވުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަންނީ އެހީތެރިކަމާއި އެއްބާރުލުން ވަރުގަދަކޮށް، އިތުރަށް ފުޅާކުރުމަށާއި، އެކި ދާއިރާތަކުން މަޢުލޫމާތާއި، ތަމްރީނާއި، ތަޖުރިބާ އާއި އެހީތެރިކަން ބަދަލުކޮށް ފޯރުކޮށްދިނުމުގައި ރަސްމީ ސިފައެއްގައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ގުޅިގެން މަސައްކަތްކުރުން.

23. ދިވެހި ބަހުގެ އެކަޑަމީ:

މަޤްޞަދު: އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މަސައްކަތުގައި ބޭނުންކުރާ ބަހުރުވަ ދިވެހިކުރުމާއި ދިވެހި ބަހުގެ އެކެޑަމީން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ބަހާއި އަދަބިއްޔާތުގެ މުބާރާތްތަކާއި ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވޭ ބަހާއި އަދަބިއްޔާތުގެ ޙަރަކާތްތަކުގައި ފަސާދައާއި ދެކޮޅު އަދި ނަޒާހަތްތެރިކަން ކުރިއެރުވުމުގެ މައުޟޫޢުތައް ހިމެނުމާއި އަދި މިނޫންވެސް އެއްބާރުލުން ދެވެން ހުރި ދާއިރާތަކުން އެއްބާރުލުން ދިނުން.

24. ޓްރާންސްޕޭރަންސީ މޯލްޑިވްސް:

މަޤްޞަދު: އޭޝިއާ ޕެސިފިކް ޤައުމުތަކުގައި ޤާއިމްކުރެވިފައިވާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރަމުންދާ އެޖެންސީތަކުގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމާ، އަދި ކޮރަޕްޝަން ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުން.

25. ހައުސިންގ ޑިޕެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ:

މަޤްޞަދު: ގެދޮރުވެރިކުރުމުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހައުސިންގ ލޯން ދޫކުރުމާއި، ފަސޭހަ އިންތިޒާމްތަކެއްގެ ތެރެއިން ލޯނު ނެގުމުގެ އިދާރީ ކަންކަން ހަމަޖެއްސުން.

26. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ):

މަޤްޞަދު: މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ ފަރާތުން ވަޒީފާ އަދާކުރާ ފަރާތްތަކަށް ހުޅުވާލާފައިވާ ފައިނޭންޝިއަލް ސްކީމްތަކުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންނަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުން.

27. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް:

މަޤުޞަދު: ތަޙުޤީޤު ކުރަމުންގެންދާ މައްސަލަތަކާއި ގުޅިގެން، ތަޙުޤީޤުގެ ބޭނުމަށް ކުންފުނިތައް/ލޯކަލް އިންވެސްޓްމަންޓް/އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މަޢުލޫމާތު ޙިއްޞާކުރުން.

28. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން:

މަޤުޞަދު: ތަޙުޤީޤު ކުރަމުންގެންދާ މައްސަލަތަކާއި ގުޅިގެން ތަޙުޤީޤަށް ހާޒިރުކުރެވޭ ފަރުދުންގެ ވަނަވަރު ޙިއްޞާކުރުން.

29. އެޑްވޮކެސީ އެންޑް ލީގަލް އެޑްވައިސް ސެންޓަރ (އެލެކް): – ޓްރާންސްޕޭރަންސީ މޯލްޑިވްސް
މަޤްޞަދު: މަޢުލޫމާތު ޙިއްޞާކުރުމާއި، ކޮރަޕްޝަންކަމަށް ޝައްކުކުރެވޭ ކަންކަން ކޮމިޝަނަށް ރިޕޯޓްކުރުން.

30. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ:

މަޤްޞަދު: ކަމާބެހޭ ޤާނޫނުތަކާއި ގަވާއިދުތައް ހިންގުމާއި ތަންފީޒުކުރުމާ ގުޅޭ ކަންކަމުގައި އެއްބާރުލުން ޤާއިމްކުރުމާއި، ޓެކުހާ ގުޅުންހުރި ކުށްތަކާއި، ކޮރަޕްޝަނާއި ގުޅުންހުރި ކުށްތަކަށް ހަރުދަނާކަމާއެކު އަވަހަށް ފިޔަވަޅު އެޅުމަށް ދެ މުއައްސަސާގެ މެދުގައި އެއްބާރުލުން ޤާއިމްކުރުން.

31. މޯލްޑިވްސް ޕޮލިސް ސަރވިސް:

މަޤްޞަދު: ދިވެހިރާއްޖޭގެ އެންމެހާ ދާއިރާތަކުން ކޮރަޕްޝަން ނައްތާލުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށާއި، ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ތަޙުޤީޤު ކުރުމުގައި އިޖުރާއީ ދަތިތައް މަދުކުރުމަށްޓަކައި ގެންގުޅޭނެ އުޞޫލީ މިންގަނޑުތަކެއް ކަނޑައެޅުމާއި، ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާ ފަރާތްތައް ހޯދާ ދެނެގަނެ އެފަދަ ކަންކަން ހުއްޓުވައި ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ޢަމަލީގޮތުން އެއް މުއައްސަސާއިން އަނެއް މުއައްސަސާއަށް އެހީތެރިވެދިނުމާއި، އެފަދަ ކަންކަމާ ގުޅޭ މަޢުލޫމާތު ބަދަލުކުރުމާއި، ދެ މުއައްސަސާގެ މެދުގައި ފަންނީ އެހީތެރިކަމާއި އަދި ޚަބީރުންގެ ލަފާ ޙިއްޞާކުރުން.

32. އޮޑިޓަރ ޖެނެރަލްގެ އޮފީސް:

މަޤްޞަދު: ރާއްޖޭގެ އެންމެހައި ދާއިރާތަކުން ކޮރަޕްޝަން ނައްތައިލުމަށް މަސައްކަތްކުރުމުގރ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާ ދެމެދު އެއް މުއައްސަސާއިން އަނެއް މުއައްސަސާގެ މަސައްކަތަށް އެހީތެރިވެ، ދެ މުއައްސަސާ ގުޅިގެން ކޮރަޕްޝަން ނައްތާލުމަށް ވީހާ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށްޓަކައި މަޢުލޫމާތު ބަދަލުކުރުމަށާއި، މިކަމާގުޅޭ ކަންކަމުގައި ހަރަކާތްތެރިވެ އަމަލީގޮތުން ބައިވެރިވުން.

ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×