ޑިޕާޓްމަންޓް/ޔުނިޓް

ސެކްރެޓަރީ ޖެނެރަލް

މުޙައްމަދު ސަލީމް

މުޙައްމަދު ސަލީމް

ސެކްރެޓަރީ ޖެނެރަލް

ފޯން: 3015215
އީ-މެއިލް: info@acc.gov.mv

އަލްފާޟިލް މުޙައްމަދު ސަލީމް އަކީ 04 ޑިސެންބަރު 2019 ން ފެށިގެން މިކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކޮމިޝަންގެ އިދާރީ ހިންގުން ބަލަހައްޓާ އެންމެ އިސް ފަރާތެވެ. އަލްފާޟިލް މުޙައްމަދު ސަލީމް އަކީ އެޑިއުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާރސް ޙާޞިލް ކޮއްފައިވާ ބޭފުޅެކެވެ.

ސަޕޯޓް ސަރވިސް ޑިޕާޓްމަންޓް

ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޔުނިޓް

ޔުމްނާ ވަޙީދު

ޔުމްނާ ވަޙީދު

ސީނިއަރ ހިއުމަން ރިސޯސް އޮފިސަރ

ފޯން: 3015217
އީ-މެއިލް: info@acc.gov.mv

އަލްފާޟިލާ ޔުމްނާ ވަޙީދު އަކީ 22 މެއި 2008 ން ފެށިގެން މި ކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. ޔުމްނާ ވަޙީދު ގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިއުމަން ރިސޯސް ޔުނިޓްގެ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން ހިމެނެއެވެ. އަލްފާޟިލާ ޔުމްނާ ވަޙީދު އަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވާ ބޭކަނބަލެކެވެ.

އެޑްމިން އެންޑް ޕްރޮކިއުމަންޓް ޔުނިޓް

އިބްރާހިމް ރަފީޢު

އިބްރާހިމް ރަފީޢު

އެސިސްޓެންޓް ޑިރެކްޓަރ، އެޑްމިން

ފޯން: 3015223
އީ-މެއިލް: info@acc.gov.mv

އަލްފާޟިލް އިބްރާހިމް ރަފީޢު އަކީ 15 ފެބްރުއަރީ 2015 ން ފެށިގެން މި ކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އިބްރާހިމް ރަފީޢުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ކޮމިޝަނުގެ އެޑްމިން އެންޑް ޕްރޮކިއުމަންޓް ޔުނިޓްގެ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން ހިމެނެއެވެ. އަލްފާޟިލް އިބްރާހިމް ރަފީޢު އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވާ ބޭފުޅެކެވެ.

އެކައުންޓްސް އެންޑް ފައިނޭންސް ޔުނިޓް

އަޙްމަދު ޔާމިން

އަޙްމަދު ޔާމިން

ޑެޕިއުޓީ ޑިރެކްޓަރ، ފައިނޭންސް

ފޯން: 3015224
އީ-މެއިލް: info@acc.gov.mv

އަލްފާޟިލް އަޙުމަދު ޔާމީން އަކީ 07 މާރިޗު 2010 ން ފެށިގެން މިކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ކޮމިޝަންގެ ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، އަހަރީ ބަޖެޓް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށް ހުށަހެޅުމާއި، ކޮމިޝަނުން ކުރަންޖެހޭ އެންމެހާ ޚަރަދުތައް ކުރުމުގެ އިންތިޒާމްތައް ރާވައި ހިންގުން ހިމެނެއެވެ. އަލްފާޟިލް އަޙުމަދު ޔާމީން އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ސްޓެރެޓެޖިކް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މީޑިއާ ޔުނިޓް

ސައްދާމް ނަސީމް

ސައްދާމް ނަސީމް

ސީނިއަރ ގްރެފިކްސް ޑިޒައިނަރ

ފޯން: 3015229
އީ-މެއިލް: info@acc.gov.mv

އަލްފާޟިލް ސައްދާމް ނަސީމް އަކީ 14 ޑިސެމްބަރު 2005 ން ފެށިގެން މިކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ކޮމިޝަންގެ މީޑިއާ އެންޑް ޕަބްލިކޭޝަންސް ޔުނިޓް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. ސައްދާމް ނަސީމްގެ މައިގަނޑު މަސައްކަތުގެ ތެރޭގައި، ކޮރަޕްޝަނާ ދެކޮޅަށް ހިންގޭ ކެމްޕެއިންތަކުގައި ބޭނުންކުރާ ތަކެތި ޑިޒައިން ކޮންސެޕްޓް އެކްލަވާލާ ، ކޮމިޝަނުން އެކުލަވާލާ ޝާއިޢުކުރާ ފޮތް ލީފްލެޓް ބެނަރ ޕޯސްޓަރ ފަދަ ތަކެތީގެ ލޭއައުޓާއި ޑިޒައިން ތައްޔާރުކުރުން ހިމެނެއެވެ. އަލްފާޟިލް ސައްދާމް ނަސީމްއަކީ ގްރެފިކްސް ޑިޒައިނިންގގެ ދާއިރާއިން ޑިޕްލޮމާ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިންފޮރމޭޝަން ޓެކްނޮލޮޖީ ޔުނިޓް

ރަމީޒް ޢަލީ

ރަމީޒް ޢަލީ

އެސިސްޓެންޓް ސިސްޓަމް އެޑްމިނިސްޓްރޭޓަރ

ފޯން: 3015211
އީ-މެއިލް: info@acc.gov.mv

އަލްފާޟިލް ރަމީޒު ޢަލީ އަކީ 22 މެއި 2008 ން ފެށިގެން މިކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ކޮމިޝަންގެ އައި.ޓީ ސެކްޝަން ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، ކޮމިޝަންގެ ނެޓްވޯކް އިންފްރާސްޓްރަކްޗާ ޑިޒައިންކޮށް ބެލެހެއްޓުމާއި، ކޮމިޝަންގެ ފަރާތުން ބަލަހައްޓާ ވެބްސައިޓްތަކަށް ގެންނަންޖެހޭ ބަދަލު ގެނެސް، އަޕްޑޭޓްކޮށް ބެލެހެއްޓުން ހިމެނެއެވެ. އަލްފާޟިލް ރަމީޒު ޢަލީ އަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޑިޕްލޮމާ ޙާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޕްރިވެންޝަން ޑިޕާޓްމަންޓް

އެޑިއުކޭޝަން ޔުނިޓް

މުޙައްމަދު ޝާކިރު

މުޙައްމަދު ޝާކިރު

ސީނިއަރ އެޑިޔުކޭޝަން އޮފިސަރ

ފޯން: 3015227
އީ-މެއިލް: info@acc.gov.mv

އަލްފާޟިލް މުޙައްމަދު ޝާކިރު އަކީ 02 ޑިސެންބަރު 2018 ން ފެށިގެން މި ކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ކޮމިޝަނުގެ އެޑިޔުކޭޝަން އެންޑް އެވެއަރނެސް ޔުނިޓް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، ކޮމިޝަނުން ކޮރަޕްޝަނާއި ދެކޮޅަށް ހިންގަންޖެހޭ ވާރކްޝޮޕްތަކާއި މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމާއި، ކޮމިޝަނުން ހިންގާ ކޮރަޕްޝަނާ ދެކޮޅު ތަފާތު ކެމްޕޭންތައް ރާވާ ހިންގުން ހިމެނެއެވެ. އަލްފާޟިލް މުޙައްމަދު ޝާކިރުއަކީ އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ރިސަރޗް ޔުނިޓް

މެމްބަރސް ބިއުރޯ

ހަސަން މަނިކް

ހަސަން މަނިކް

ޑެޕިއުޓީ ޑިރެކްޓަރ، ބިޔުރޯ

ފޯން: 3015 209
އީ-މެއިލް: bureau@acc.gov.mv

އަލްފާޟިލް ޙަސަން މަނިކު އަކީ 13 ޑިސެންބަރު 2007 ން ފެށިގެން މިކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ އެސިސްޓެންޓް ޑިރެކްޓަރގެ ހައިސިއްޔަތުން ކޮމިޝަން މެމްބަރުންގެ ބިޔުރޯ ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، ކޮމިޝަނުގެ ސްޓެރެޓީޖިކް އެކްޝަން ޕްލޭން ތަންފީޒުކުރުމުގެ ގޮތުން މެމްބަރުންގެ ބިޔުރޯއަށް ޙަވާލުކުރެނޭ ޙަރަކާތްތައް ކުރިއަށްގެންދާނެގޮތް އެކަށައަޅައި ތަންފީޒުކުރުވުމާއެކު މެމްބަރުންގެ ބައްދަލުވުންތަކުން ނިންމާ ކަންކަން ތަންފީޒުވަމުންދާ މިންވަރު ބެލުން ހިމެނެއެވެ. އަލްފާޟިލް ޙަސަން މަނިކު އަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޑިޕްލޮމާ ޙާޞިލް ކޮއްފައިވާ ބޭފުޅެކެވެ.

އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

ރެޖިސްޓްރޭޝަން ޔުނިޓް

ޢަބްދުލް ޢަޒީޒު މޫސާ

ޢަބްދުލް ޢަޒީޒު މޫސާ

ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން

ފޯން: 3015242
އީ-މެއިލް: info@acc.gov.mv

އަލްފާޟިލް ޢަބްދުލްއަޒީޒް މޫސާ އަކީ 01 އޭޕްރިލް 1996 ން ފެށިގެން މިކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ކޮމިޝަންގެ ކޮމްޕްލެއިންސް ރެޖިސްޓްރޭޝަން އެންޑް އިވެލުއޭޝަން ޔުނިޓް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އިވެލުއޭޓް ކުރުމާއި، މައްސަލަތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ދިރާސާ ރިޕޯޓްތައް ތައްޔާރުކުރުން ހިމެނެއެވެ. އަލްފާޟިލް ޢަބްދުލް ޢަޒީޒު މޫސާ އަކީ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރައްވައި ހިސާބު މުދައްރިސްކަމުގެ ސަނަދު ނަންގަވާފައިވާ ބޭފުޅެކެވެ.

ޕޯސްޓް އިންވެސްޓިގޭޝަން އެންޑް މޮނިޓަރިންގ ޔުނިޓް

ޢާއިޝަތު ޢަރީފާ

ޢާއިޝަތު ޢަރީފާ

ސީނިއަރ ކޭސް އޮފިސަރ

ފޯން: 3015292
އީ-މެއިލް: info@acc.gov.mv

އަލްފާޟިލާ ޢާއިޝަތު ޢަރީފާ އަކީ 13 އެޕްރީލް 2003 ން ފެށިގެން މިކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ކޮމިޝަންގެ ޕޯސްޓް އިންވެސްޓިގޭޝަން އެންޑް ރިޕޯޓިންގެ ޔުނިޓް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، ތަޙުޤީޤު ރިޕޯޓް ދިރާސާކުރުމަށް ބާއްވާ ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމުން ނިންމާ ނިންމުންތައް ކަނޑައެޅިފައިވާ އުޞޫލުން ތަންފީޒުކުރުވުމާއި، ތަޙުޤީޤު މަރުޙަލާގައި ކޮމިޝަނުން ނިންމާ މައްސަލަތަކާއި ކޮމިޝަނުން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކާގުޅޭ އެންމެހައި އިދާރީ މަސައްކަތްތައް ހިންގައި ބެލެހެއްޓުން ހިމެނެއެވެ. އަލްފާޟިލާ ޢާއިޝަތު ޢަރީފާ އަކީ ހިޔުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާޞިލުކުރައްވާފައިވާ ބޭކަނބަލެކެވެ.

ސަދަރން ރީޖަނަލް އޮފީސް

އޮޕަރޭޝަނަލް ސަޕޯޓް

މާޖިދު ޙަސަން

މާޖިދު ޙަސަން

ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ

ފޯން: 3015273
އީ-މެއިލް: info@acc.gov.mv

އަލްފާޟިލް މާޖިދު ޙަސަން އަކީ 17 ޖުލައި 1995 ން ފެށިގެން މި ކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ކޮމިޝަންގެ އިންވެސްޓިގޭޝަން ޔުނިޓް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، އިންވެސްޓިގޭޝަން ޓީމުގެ އެހެން ލީޑަރުންނާއި މަސައްކަތް ޙަވާލުކުރުމާއި، މަސައްކަތް ހިނގަމުންދާގޮތް ސުޕަވައިޒްކުރުން ހިމެނެއެވެ. އަލްފާޟިލް މާޖިދު ޙަސަންއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ހާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިންވެސްޓިގޭޝަން ޔުނިޓް

މާޖިދު ޙަސަން

މާޖިދު ޙަސަން

ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ

ފޯން: 3015273
އީ-މެއިލް: info@acc.gov.mv

އަލްފާޟިލް މާޖިދު ޙަސަން އަކީ 17 ޖުލައި 1995 ން ފެށިގެން މި ކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ކޮމިޝަންގެ އިންވެސްޓިގޭޝަން ޔުނިޓް ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، އިންވެސްޓިގޭޝަން ޓީމުގެ އެހެން ލީޑަރުންނާއި މަސައްކަތް ޙަވާލުކުރުމާއި، މަސައްކަތް ހިނގަމުންދާގޮތް ސުޕަވައިޒްކުރުން ހިމެނެއެވެ. އަލްފާޟިލް މާޖިދު ޙަސަންއަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ހާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިންވެސްޓިގޭޝަން ޔުނިޓް 1

އަޙްމަދު ޝާން މުޙައްމަދު

އަޙްމަދު ޝާން މުޙައްމަދު

އިންވެސްޓިގޭޝަން އޮފިސަރ

ފޯން: 3015255
އީ-މެއިލް: info@acc.gov.mv

އަލްއުސްތާޛު އަޙުމަދު ޝާން މުޙައްމަދު އަކީ 15 އޮކްޓޫބަރު 2014 ން ފެށިގެން މި ކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ޑެޕިއުޓީ ހެޑެއްގެ ހައިސިއްޔަތުން ކޮމިޝަނުގެ އިންވެސްޓިގޭޝަން ޔުނިޓް 1 ގެ ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، އިންވެސްޓިގޭޝަން ޓީމުގެ އެހެން ލީޑަރުންނާއި މަސައްކަތް ޙަވާލުކުރުމާއި، މަސައްކަތް ހިނގަމުންދާގޮތް ސުޕަވައިޒްކުރުން ހިމެނެއެވެ. އަލްއުސްތާޛް އަޙުމަދު ޝާން މުހައްމަދުއަކީ ޝަރީޢާ އެންޑް ލޯގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވާ ބޭފުޅެކެވެ.

އިންވެސްޓިގޭޝަން ޔުނިޓް 2

ޢަބްދުއްސަލާމް

ޢަބްދުއްސަލާމް

އިންވެސްޓިގޭޝަން އޮފިސަރ

ފޯން: 3015268
އީ-މެއިލް: info@acc.gov.mv

އަލްއުސްތާޛު ޢަބްދުއްސަލާމް އަކީ 01 އޭޕްރިލް 2014 ން ފެށިގެން މި ކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ޑެޕިއުޓީ ހެޑެއްގެ ހައިސިއްޔަތުން ކޮމިޝަނުގެ އިންވެސްޓިގޭޝަން ޔުނިޓް 2 ގެ ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، އިންވެސްޓިގޭޝަން ޓީމުގެ އެހެން ލީޑަރުންނާއި މަސައްކަތް ޙަވާލުކުރުމާއި، މަސައްކަތް ހިނގަމުންދާގޮތް ސުޕަވައިޒްކުރުން ހިމެނެއެވެ. އަލްއުސްތާޛް ޢަބްދުއްސަލާމްއަކީ ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވާ ބޭފުޅެކެވެ.

އިންވެސްޓިގޭޝަން ޔުނިޓް 3

ޒީނިޔާ ޢަބްދުﷲ

ޒީނިޔާ ޢަބްދުﷲ

އިންވެސްޓިގޭޝަން އޮފިސަރ

ފޯން: 3015296
އީ-މެއިލް: info@acc.gov.mv

އަލްފާޟިލާ ޒީނިޔާ ޢަބްދުﷲ އަކީ 05 މޭ 2013 އިން ފެށިގެން މި ކޮމިޝަނުގައި ވަޒީފާ އަދާކުރަމުން އަންނަ ފަރާތެކެވެ. އޭނާއަކީ ޑެޕިއުޓީ ހެޑެއްގެ ހައިސިއްޔަތުން ކޮމިޝަނުގެ އިންވެސްޓިގޭޝަން ޔުނިޓް 2 ގެ ހިންގުމުގެ ޒިންމާ އަދާކުރައްވާ ފަރާތެވެ. މައިގަނޑު މަސައްކަތުގެ ތެރޭގައި، އިންވެސްޓިގޭޝަން ޓީމުގެ އެހެން ލީޑަރުންނާއި މަސައްކަތް ޙަވާލުކުރުމާއި، މަސައްކަތް ހިނގަމުންދާގޮތް ސުޕަވައިޒްކުރުން ހިމެނެއެވެ. އަލްފާޟިލާ ޒީނިޔާ ޢަބްދުﷲއަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާރސް ހާސިލުކޮށްފައިވާ ބޭކަނބަލެކެވެ.

ލީގަލް ޑިޕާޓްމެންޓް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×