ދާއިމީ ކޮމެޓީތައް

1. ބިޑު ކޮމެޓީ

ބިޑު ކޮމެޓީއަކީ، “ދައުލަތުގެ މާލިއްޔަތު ގަވާއިދު” ގެ 10.13 ގެ ދަށުން ދައުލަތުގެ އޮފީސްތަކުން ކުރާ ޕްރޮކިއުމަންޓް މަސައްކަތްތަކުގެ ތެރެއިން ދައުލަތުގެ އޮފީސްތަކުގެ ބިޑު ކޮމެޓީތަކުން ހުއްދަ ދޭންޖެހޭ ޕްރޮކިއުމަންޓް މަސައްކަތްތަކަށް ހުއްދަ ދިނުމަށްޓަކައި ދައުލަތުގެ ކޮންމެ އޮފީހެއްގައި އުފައްދަންޖެހޭ ކޮމެޓީއެކެވެ. މިގޮތުން މިކޮމިޝަނުގައި އުފައްދާފައިވާ ބިޑު ކޮމެޓީގައި ތިއްބަވާނީ ޗެއަރޕާސަންއާއިއެކު 7 މެންބަރުންނެވެ.

ކޮމެޓީ އެކުލެވިގެންވާގޮތް:

1- ޑެޕިއުޓީ ޑިރެކްޓަރ، ޙަސަން މަނިކު (ޗެއަރޕާސަން)
2- އިންވެސްޓިގޭޝަން އޮފިސަރ، އާމިނަތު ރަޝީދާ
3- އިންވެސްޓިގޭޝަން އޮފިސަރ، މަރިޔަމް ލިޔުޝާ
4- ސީނިއަރ އެޑިޔުކޭޝަން އޮފިސަރ، ޢަލީ ޝަމީމް އާދަމް
5- ޑެޕިއުޓީ ޑިރެކްޓަރ، ފައިނޭންސް، އަޙުމަދު ޔާމީން
6- ލީގަލް އޮފިސަރ، ޞަފްޢަތު ޙަބީބް
7- އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ، އާދަމް ޝާމިލް

ކޮމިޓީގެ މައިގަނޑު ޒިންމާ:
• ކޮމިޝަންގެ ޕްރޮކިއުމަންޓްގެ މަސައްކަތްތަކުގެ ތެރެއިން މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކޮމެޓީން ހުއްދަ ދޭންޖެހޭ ކަންތައްތަކާ މެދު ގޮތެއްނިންމުން.
• ކޮމިޓީއަށް ހުށަހަޅާ ޕްރޮކިއުމަންޓްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލައި ޗެކްކުރުން.

2. ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމިޓީ

ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމެޓީއަކީ، “އޭސީސީ މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ އުޞޫލު” ގެ ދަށުން މުވައްޒަފުންނަށް ޓްރޭނިންގ ފުރުޞަތުތައް ހަމަޖެއްސުމާއި މުވައްޒަފުން ތަމްރީނުކުރުގައި ކޮމިޝަނުގެ މެންބަރުންނަށް ލަފާދިނުމާއި އަދި ޓްރޭނިންގ އާއި ގުޅޭ ގޮތުން ކުރުމަށް ޙަވާލުކުރާ ދިރާސާތައް ކުރުމަށް، އޭސީސީ މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ އުޞޫލުގެ 22 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކޮމެޓީއެކެވެ.
ކޮމެޓީ އެކުލެވިގެންވާ ގޮތް

1.ސެކްރެޓަރީ ޖެނެރަލް، މުޙައްމަދު ސަލީމް
2.ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ، މާޖިދު ޙަސަން
3.އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ، އާދަމް ޝާމިލް
4.ޑެޕިއުޓީ ޑިރެކްޓަރ، ޙަސަން މަނިކު
5.އެސިސްޓެންޓް ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން، ރިފާތު ޢަލީ

ކޮމިޓީގެ މައިގަނޑު ޒިންމާ:
• ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިންގާ ތަމްރީން ޕްރޮގްރާމްތަކުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވުމަށްއެދި ހުށަހަޅާ ފަރާތްތަކަށް ކޮމިޝަންގެ މުވައްޒަފުން ތަމްރީންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލާއި އެއްގޮތަށް ހުއްދަދިމުގައި ބަލަންޖެހޭ ކަންތައްތައް ފުރިހަމަވެފައިވޭތޯ ބަލައި ކޮމިޝަންގެ މެމްބަރުންނަށް ލަފާދިނުން
• މުވައްޒަފުން ތަމްރީންކުރުމާއި ގުޅޭ ކަންކަމުގައި މެމްބަރުންނަށް ލަފާދިނުން
• ކޮމިޝަނުން ކޮމިޓީއާ ޙަވާލުކުރާ އެންމެހާ މަސައްކަތްތައް ކުރުމާއި، މުވައްޒަފުން ތަމްރީނު ކުރުމާބެހޭގޮތުން ކޮމިޝަނުން ބޭނުންވާ ދިރާސާތައްކޮށް ލަފާދިނުން.

3. މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް ފިޔަވަޅު އެޅުމާއިބެހޭ ކޮމިޓީ

މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް ފިޔަވަޅު އެޅުމާއިބެހޭ ކޮމެޓީއަކީ، “އޭސީސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި މަޤާމުގެ ކުރިއެރުން ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު”ގެ ދަށުން މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި މަޤާމުގެ ކުރިއެރުން ދިނުމާ ގުޅޭ މަސައްކަތްތައްކުރުމަށް، އޭސީސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާއި މަޤާމުގެ ކުރިއެރުން ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 18 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކޮމެޓީއެކެވެ.
ކޮމިޓީއެކުލެވިގެންވާ ގޮތް
1- ކޮމިޝަނުގެ މެމްބަރު ޢަލީ އަޝްރަފް (ޗެއަރޕަރސަން)
2- ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ސަލީމް
3- އެސިސްޓެންޓް ޑިރެކްޓަރ ރިފާތު ޢަލީ

ކޮމިޓީގެ މައިގަނޑު ޒިންމާ:
• މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް ބޯނަސްދޭނެ މުވައްޒަފުންނާއި މަޤާމުގެ ކުރިއެރުންދޭނެ މުވައްޒަފުންނާއި އެހެން ފިޔަވަޅުތައް އަޅަންޖެހޭ މުވައްޒަފުން ކަނޑައަޅާ އެކަމާބެހޭ ދިރާސާ ރިޕޯރޓް ތައްޔާރުކޮށް މެމްބަރުންނަށް ހުށަހެޅުން.
• ޕަރފޮމަންސް އެޕްރައިޒަލްއާ ގުޅިގެން އިސްތިޢުނާފް ކުރެވޭ މައްސަލަތައް ބެލުން.
• ކޮމިޝަންގެ މުވައްޒަފުންގެ މަޤާމުގެ ކުރިއެރުން ދިނުމާއި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ތަންފީޒުކުރުމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ކޮމިޝަނަށް ލިފާދިނުން

4. ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ

ޖިންސީ ފުރައްސާރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީއަކީ، “ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ޤާނޫނު”ގެ ދަށުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ތަޙްޤީޤްކޮށް ފިޔަވަޅު އެޅުމަށްޓަކައި، ޖިންސީ ފުރައްސާރަކުރުން ހުއްޓުވުމުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކޮމެޓީއެކެވެ.
ކޮމިޓީ އެކުލެވިގެންވާ ގޮތް:
1- ކޮމިޝަނުގެ ރައީސް މަރްޔަމް ޝިއުނާ (ޗެއަރޕަރސަން)
2- ކޮމިޝަނުގެ މެމްބަރު ޢާއިޝަތު ޢަބްދުﷲ (ވައިސް ޗެއަރޕަރސަން)
3- ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން، އަލްފާޟިލް ޢަބްދުލްއަޒީޒް މޫސާ

ކޮމިޓީގެ މައިގަނޑު ޒިންމާ
• ކޮމިޝަންގެ މުވައްޒަފުންނާއި ގުޅޭ ގޮތުން ހުށަހެޅޭ ޖިންސީ ފުރައްސާރައާއި ބެހޭ މައްސަލަތައް ބަލައި، ތަޙްޤީޤު ކުރުމާއި، ފިޔަވަޅު އެޅުން.

5. މުރާޖަޢާ ކޮމިޓީ

މުރާޖަޢާ ކޮމެޓީއަކީ، “މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދު”ގެ ދަށުން އިންފޮމޭޝަން އޮފިސަރުގެ ނުވަތަ އިންފޮމޭޝަން އޮފިސަރުގެ ނިންމުމާމެދު ހިންހަމަ ނުޖެހޭ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލާ މުރާޖަޢާ ކުރުމަށްޓަކައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކޮމެޓީއެކެވެ.
ކޮމިޓީއެކުލެވިގެންވާ ގޮތް

1- އެސިސްޓެންޓް ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން މޫސާ ޢަލީދީދީ (ކޮމެޓީގެ ޗެއަރޕަރސަން)
2- ލީގަލް އޮފިސަރ، ޞަފްޢަތު ޙަބީބު
3- ސީނިއަރ ކޭސް އޮފިސަރ، ޢާއިޝަތު ޢަރީފާ

ކޮމިޓީގެ މައިގަނޑު ޒިންމާ
• ކޮމިޝަނުގެ އިންފޮމޭޝަން އޮފިސަރ ނުވަތަ އިންފޮމޭޝަން އޮފިސަރުގެ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލާ މުރާޖަޢާކޮށް ފިޔަވަޅުއެޅުން



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×