މެމްބަރުންގެ އެޕޮއިންޓްމަންޓް

މެމްބަރުންގެ އެޕޮއިންޓްމަންޓަށް ހުށަހެޅޭ އެންމެހާ ހުށަހެޅުންތަކާ ގުޅިގެން، އެޕޮއިންޓްމަންޓް އިންތިޒާމްކޮށް އެޕޮއިންޓްމަންޓްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރާނީ ކޮމިޝަން މެމްބަރުންގެ ބިޔުރޯއިންނެވެ. މައްސަލަތަކާއި ގުޅެގޮތުން ނުވަތަ އެނޫންވެސް ކަމަކާއި ގުޅޭގޮތުން މެމްބަރުންގެ އެޕޮއިންޓްމަންޓަށް އެދޭ ފަރާތްތަކާ ބައްދަލުކުރުމަށް ޢާންމުގޮތެއްގައި ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުއެވެ. ނަމަވެސް، އެޕޮއިންޓްމަންޓަށް އެދި ހުށަހަޅާ ހުށަހެޅުންތަކުގެ ބޭނުމަށް ރިޢާޔަތްކޮށް އެހެން ދުވަސްތަކުގައިވެސް އެޕޮއިންޓްމަންޓްތައް ހަމަޖެއްސެއެވެ. އެޕޮއިންޓްމަންޓަށް އެދި ހުށައަޅާ ހުށަހެޅުންތަކާމެދު ގިނަވެގެން ރަސްމީ 7 (ހަތެއް) ދުވަހުގެ ތެރޭގައި އެޕޮއިންޓްމަންޓް ދިނުމާމެދު ގޮތެއް ނިންމޭނެއެވެ. އެޕޮއިންޓްމެންޓް ހަމަޖެއްސުމުގައި ތިރީގައިމިވާ ކަންކަމަށް ރިއާޔަތްކުރެވޭނެއެވެ.

  • އެޕޮއިންޓްމަންޓަށް އެދި ހުށަހަޅާ ތަރުތީބަށް ރިއާޔަތްކުރެވޭނެއެވެ.
  • މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމްތަކުން އެދޭ އެޕޮއިންޓްމަންޓްތައް ހަމަޖައްސައިނުދެވޭނެއެވެ.
  • އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ތާރީޚުގައި ހަމަޖެހިފައިވާ ގަޑިއަށް ކޮމިޝަނަށް ހާޒިރުނުވެވޭނެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑީގެ 30 މިނެޓް ކުރިން އެކަން ކޮމިޝަނަށް އަންގަންވާނެއެވެ.
  • ކޮމިޝަނުގެ ހުރިހާ މެމްބަރުންނާ ބައްދަލުކުރުމަށް އެދިލައްވާ އެޕޮއިންޓްމަންޓްތައް ހަމަޖެހޭނީ ހެނދުނު 09:00 ގެ ފަހުންނެވެ.

ކޮމިޝަނުގެ މެމްބަރުންގެ އެޕޮއިންޓްމެންޓަށް އެދި ހުށަހަޅާ ފޯމް ޑައުންލޯޑް ކުރެއްވުމަށް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×