ޝަކުވާ ހުށަހެޅުމާއި ބަލައިގަތުން

ކޮރަޕްޝަނުގެ ޢަމަލެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް އޮތްނަމަ، އެކަމެއްގެ މަޢުލޫމާތު މިކޮމިޝަނަށް ހުށަހެޅިދާނެއެވެ. ޝަކުވާ ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް، ޝަކުވާ ހުށަހަޅާއިރު ކޮންމެހެން ބޭނުމެއް ނުވާނެއެވެ. ނަމަވެސް، ކޮމިޝަނަށް ހުށަހެޅޭ މައްސަލައިގެ ތަފްޞީލާއި، ހުށަހަޅާ ފަރާތާއި ރައްދުވާ ފަރާތާ ބެހޭ މަޢުލޫމާތު އެނގޭވަރަކަށް މައްސަލަތައް ބެލުމަށް ފަސޭހަވެއެވެ. އަދި ޝަކުވާތަކުގެ ބުރަދަން އިތުރުވެއެވެ.

  • ޝަކުވާ ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު ފުރިހަމަކޮށް ކޮމިޝަނަށް ހުށަހަޅައިގެން. (ނޯޓް: ކޮމިޝަނަށް ޝަކުވާ ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު ކޮމިޝަންގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
  • ކޮމިޝަނުގައި ޤާއިމްކޮށްފައިވާ ހިލޭ ގުޅޭ ފޯނު ނަންބަރު ކަމަށްވާ 1418 އަށް ގުޅައިގެން.
  • ތުހުމަތުގެ ކުރެވޭ މައްސަލައިގެ ތަފްޞީލް ހިމަނައިގެން ލިޔެފައިވާ ސިޓީއަކުން.
  • ކޮމިޝަންގެ ވެބްސައިޓުގައިވާ އޮންލައިންކޮށް ޝަކުވާ ހުށަހަޅާ ޕޯޓަލް މެދުވެރިކޮށް.
  • ކޮމިޝަނަށް ހުށަހަޅާ ޝަކުވާ، ފެކްސް ނުވަތަ އީ-މެއިލް މެދުވެރިކޮށް ކޮމިޝަނަށް ފޮނުވައިގެން.
  • ކޮމިޝަނަށް ހާޒިރުވެ ކޮމިޝަންގެ މުވައްޒަފަކާ ބައްދަލުކޮށް ކަމާބެހޭ މަޢުލޫމާތުދީގެން.

ކޮމިޝަނަށް ޝަކުވާ ހުށަހަޅާ ފޯމް ޑައުންލޯޑް ކުރެއްވުމަށް

މިކޮމިޝަނަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައިމިވާ ގޮތުގެމަތިންނެވެ.

  • ކޮމިޝަނުން ބަލައިގަންނާނީ ކޮރަޕްޝަންގެ ޢަމަލުތަކާ ގުޅިފައިވާ ޝަކުވާތަކެވެ.
  • ކޮމިޝަންގެ ވެބްސައިޓް މެދުވެރިކޮށް އަދި ކޮމިޝަންގެ އީ-މެއިލް އާއި ފެކްސް މެދުވެރިކޮށް 24 ގަޑިއިރު ޝަކުވާ ހުށަހެޅޭނެއެވެ. ކޮމިޝަނަށް ހާޒިރުވެ ނުވަތަ ކޮމިޝަންގެ ހިލޭ ގުޅޭ ނަންބަރަށް ގުޅައިގެން ޝަކުވާ ހުށަހެޅޭނީ ހަމައެކަނި ރަސްމީ ގަޑީގައެވެ. ރަސްމީގަޑީގައި ކޮމިޝަނަށް ޝަކުވާ ހުށަހެޅުމަކަށް ވަކި ގަޑިއެއް ނޯވެއެވެ.

ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކާމެދު ޢަމަލުކުރެވޭގޮތުގެ އުޞޫލު ބެއްލެވުމަށް

 



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×