ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް

ދިވެހިރާއްޖޭގައި ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 21 އެޕްރީލް އެވެ.
ކޮރަޕްޝަނަކީ ދުނިޔޭގެ ކުރިއަރާފައިވާ އަދި ކުރިއަރަމުން އަންނަ ޤައުމުތަކަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި މައްސަލައެވެ. ކޮރަޕްޝަނުގެ ސަބަބުން ޤައުމުގެ އިޖްތިމާޢީ، ސިޔާސީ އަދި އިޤްތިޞާދީ ދުވެލި މަޑުޖެހިގެން ދެއެވެ. އަދި ކޮރަޕްޝަނުގެ ވަބާގެ ސަބަބުން ދައުލަތުގެ ހިންގުމުގެ ނިޒާމަށް ނުރަގަޅު އަސަރުކޮށް އާންމު ރައްޔިތުންނަށް، ވަކިން ޚާއްޞަކޮށް ފަގީރު، ނިކަމެތި ރައްޔިތުންނަށް އޭގެ ގެއްލުން ލިބިދެއެވެ.
ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހެއް ފާހަގަ ކުރުމުން ޤައުމުގައި ކުރިމަތިވަމުންދާ އެފަދަ ކަންތައްތަކާމެދު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވެއެވެ. ކޮންމެ އަހަރަކުވެސް އެންޓިކޮރަޕްޝަން ކޮމިޝަނުން ދިވެހިރާއްޖޭގައި ތަފާތު ޙަރަކާތްތަކާއެކު މިދުވަސް ވަރަށް ކުލަގަދަގޮތަކަށް ފާހަގަ ކުރެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×