ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

28 Apr 2016

ޤައުމީ އެންޓި-ކޮރަޕްޝަން ކޮމިޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ހިންގުމަށް ހަމަޖެއްސި ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހަވީރު، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، ފުވައްމުލަކުގެ މުއައްސަސާތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން 23 އެޕްރީލް 2016 ގައި ފުވައްމުލަކު މެންގޯ ޕާކުގައި ބާއްވައިފިއެވެ. މި ހަވީރު ހުޅުވައިދިނީ ފުވައްމުލަކުގެ ކުޑަދިންނެވެ.

މި ހަވީރަކީ ނަޒާހަތްތެރި ޖީލެއް ބިނާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގާ ޙަރާކާތްތަކުގެ ތެރޭގައި ހިމެނިގެން ކުޑަކުދިންނަށާއި ބެލެނިވެރިންނަށް ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަވީރުގައި ކޮމިޝަނުގެ ފަރާތުން ކުޑަކުދިންނަށް ޚާއްޞަކޮށްގެން ނަޒާހަތްތެރިކަމަށް މަގުފަހިވާފަދަ ކުޅިވަރު ޙަރަކާތްތައް ކުރިޔަށް ގެންދިޔައެވެ. އަދި މިހަރަކާތުގައި ފުވައްމުލަކު މާލެގަން އަންހެނުންގެ ކޮމިޓީއާއި، ފުވައްމުލަކު ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓާއި، ފުވައްމުލަކު ޕޯސްޓް އޮފީހާއި، ފުވައްމުލަކު އެމް.އެން.ޑީ.އެފް އާއި، ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި، ފުވައްމުލަކު އަތޮޅު ތަޢުލީމީ މަރުކަޒާއި، ހާފިޒު އަޙްމަދު ސްކޫލާއި، ޝައިޚް މުޙައްމަދު ޖަމާލުއްދީން ސްކޫލާއި، ފުވައްމުލަކު ސްކޫލާއި، ދަޑިމަގު ކައުންސިލާއި، މާލެގަން ކައުންސިލާއި، ފުނާޑު ކައުންސިލާއި، ފުވައްމުލަކު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރާއި، ފުވައްމުލަކު ހޮސްޕިޓަލާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފުވައްމުލަކު ކަލެކްޝަން ސެންޓަރާއި، ކެންގަރޫ ކިޑްސްއާއި، މޯލްޑިވްސް ރެޑް ކްރެސެންޓާއި، ފެނަކަ ކޯޕަރޭޝަންގެ ފުވައްމުލަކު އޮފީހުން ސްޓޯލްތައް ބަހައްޓައި، ޢަމަލީގޮތުން ވަނީ ބައިވެރިވެފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×