އޭސީސީއިން “ތެދުވާހަކަ”ގެ ނަމުގައި ޚާއްޞަ ފޮތެއް ނެރެފި

20 Apr 2017

އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިއަދު 54 ވާހަކައާއެކު “ތެދު ވާހަކަ” ފޮތެއް ނެރެފިއެވެ. ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށްޓަކައި މިއަދު ކޮމިޝަނުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިފޮތް ނެރެދެއްވީ ކޮމިޝަނުގެ މެމްބަރ އަލްފާޟިލް ސައްފަތު މުޙައްމަދެވެ.

މި ތެދުވާހަކަ ފޮތަކީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ގެ ވެބްސައިޓްގައި ޝާއިޢުކުރަމުންދާ “true stories” ގެ ދިވެހި ތަރުޖަމާއެވެ. މީގެ ކުރިން ކޮމިޝަނުން ގެންދަނީ ކޮންމެ ހަފްތާއަކު މިފަދަ ވާހަކައެއް ތަރުޖަމާކޮށް ކޮމިޝަނުގެ ވެބްސައިޓްގައި ޝާއިޢުކުރަމުންނެވެ. މިވާހަކަތަކުން ކޮރަޕްޝަނާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންގެންދާ މަސައްކަތް އެނގިގެންދެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިއަދު ނެރުނު “ތެދުވާހަކަ” ފޮތް ކޮމިޝަނުގެ ވެބްސައިޓްގައި މިހާރު ޝާއިޢުކޮށްފައިވާނެއެވެ.

ތެދުވާހަކަ ބެއްލެވުމަށް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×