ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް

9 ޑިސެންބަރު އަކީ ދުނިޔޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާދުވަހެގެ ގޮތުގައި ފާހަގަ ކުރާދުވަހެކެވެ.
ކޮރަޕްޝަނަކީ ދުނިޔޭގެ ކުރިއަރާފައިވާ އަދި ކުޑަކޮށް ކުރިއަރަމުން އަންނަ ޤައުމުތަކަށް ދިމާވެފައިވާ ނުރައްކާތެރި މައްސަލައެކެވެ. ކޮރަޕްޝަންގެ ސަބަބުން ޤައުމުގެ އިޖްތިމާއީ، ސިޔާސީ އަދި އިޤްތިޞާދީ ދުވެލި މަޑުޖެހިގެން ދެއެވެ. އަދި ކޮރަޕްޝަންގެ ވަބާގެ ސަބަބުން ދައުލަތުގެ ހިންގުމުގެ ނިޒާމަށް ނުރަގަޅު އަސަރުކޮށް އާންމު ރައްޔިތުންނަށް އޭގެ ގެއްލުން ލިބިދެއެވެ.
އެހެންކަމުން ބައިނަލްއަޤްވާމީ ފެންވަރެއްގައި މިދުވަސް ފާހަގަކޮށް ރައްޔިތުން ހޭލުންތެރި ކުރުވާ، ދުނިޔޭގެ ފެންވަރުގައި ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލެއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނުން މިދުވަސް ވަރަށް ކުލަގަދަގޮތަކަށް ފާހަގަ ކުރެވެމުންދެއެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ތަފާތު އެކި ހަރަކާތްތަކެއް ކުރިޔަށް ގެންދެއެވެ.
ދިވެހިރާއްޖޭގައި މި ދުވަސް ފާހަގަކުރުމުގެ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ތަފާތު ޙަރަކާތްތައް ރާވާ ހިންގައެވެ. މިގޮތުން ހޭލުންތެރިކުރުމަށް ހިންގާ ވޯކްޝޮޕް، ތަމްރީނު ޕޮރްގްރާމްތަކާއި، ފޯރަމް، ބަހުސް، ޖަލްސާ ބޭއްވުން ފަދަ ކަންތައްތައް ކުރެވެއެވެ. އަދި އެ ހަފްތާގެ ހުކުރު ޚުތުބާ ދުވަހާގުޅޭ މައުޟޫޢަކަށް ހަމަޖެއްސުމާއި ޚާއްސަ ޓީވީ، ރޭޑިއޯ ޕްރޮގްރާމަތައް ގެނެވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×