ަބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ފޮޓޯ މުބާރާތުން ވަނަތަކަށް އައި ފަރާތްތަކަށް އިނާމު

10 Dec 2015

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅުވައިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޢާއްމުކޮށް ހުޅުވާލައިގެން ފޮޓޯ ކޮންޓެސްޓެއް ބާއްވާ، ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ދީފިއެވެ. މިމުބާރާތުގެ ތީމްއަކީ “ކޮރަޕްޝަންގެ ނޭދެވޭ އަސަރު” އެވެ. ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ޢާއްމުންގެ ބައިވެރިވުން އިތުރުކުރުމާއި ކޮރަޕްޝަންގެ ނޭދެވޭ އަސަރު ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ޢާއްމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. މިމުބާރާތަކީ ފޭސްބުކް ބޭނުންކޮށްގެން ކުރިޔަށް ގެންދެވުނު މުބާރާތެކެވެ.
ފޮޓޯގެ ލައިކްސް އަށާއި ޖަޖުންގެ މާކްސް އިން ވަނަހޮވާ މިމުބާރާތުގެ 1 ވަނަ ޙާޞިލުކޮށްފައިވަނީ ރ.އަލިފުށީ ސޯސަންވިލާ މުޙައްމަދު އަޙްމަދު ދީދީ، އެވެ. 2ވަނަ ހޯދާފައިވަނީ ށ.މިލަންދޫ ބުލޫހެވަން މުޙައްމަދު ސާމީ އެވެ. އަދި 3 ވަނަ ޙާޞިލު ކުރީ ށ.ނަރުދޫ މަނާޒު އަޙްމަދު ނަވާޒެވެ. ބައިނަލް އަޤްވާމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި މިމުބާރާތުގެ ވަނަވަނަ ހާސިލް ކުރިފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުންވަނީ ޙަވާލު ކުރެވިފައެވެ. އިނާމްތައް ހަވާލުކޮށްދެއްވީ ޕްރިސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިސާމްއެވެ. މިމުބާރާތައް ފަންޑުލިބިފައިވަނީ ޔޫއެންޑްޑީޕީ އިންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×