އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރުން – އަތޮޅުތައް

މިޕްރޮގްރާމްތަކަކީ ކޮރަޕްޝަނާ ދެކޮޅަށް އާންމު ހޭލުންތެރިކަން އިތުރު ކުރުމަށާއި ދައުލަތުގެ މުވައްޒަފުން ނަޒާހަތްތެރިކަމާއެކު އެ މުވައްޒަފުންގެ ޒިންމާތައް އަދާކުރުމަށް ބާރު އެޅުމުގެގޮތުން އެންޓި-ކޮރަޕްޝަނުން ކޮމިޝަނުން ހިންގާ ޓްރެއިނިންގތަކެކެވެ. ދައުލަތުގެ އިދާރާތަކުގެ މުއައްޒަފުންނަށް ހިންގަނީ 2 ޕްރޮގްރާމެކެވެ. ފުރަތަމަ ޕްރޮގްރާމަކީ ‘އެންޓި-ކޮރަޕްޝަން ޓްރޭނިންގ ޕްރޮގްރާމް” އެވެ. ދެވަނަ ޕްރޮގްރާމަކީ ‘ޕްރޮކިއުމަންޓް ޕްރޮގްރާމް’ އެވެ. މިގޮތުން އެންޓި-ކޮރަޕްޝަން ޓެރެއިނިންގ ޕްރޮގްރާމްގައި އަލިއަޅުވާލެވެނީ ނަޒާހަތްތެރިކަމާއި، އެންޓި-ކޮރަޕްޝަނާއި، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖޭގައި އުފެދިފައިވާ ޤާނޫނުތަކަށާއި ގަވައިދުތަކުގެ މުހިއްމުބައިތަކުގެ މައްޗަށެވެ. ޕްރޮކިއުމަންޓް ޓްރެއިނިންގގައި ބައިވެރިން ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ޕްރޮކިއުމަންޓްގެ ބާބަށް އަހުލުވެރިކުރެވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×