އެންޓި ކޮރަޕްޝަން ކޮމިޝަން ގެ އެޑިޔުކޭޝަން އެންޑް ރިސާރޗް ސެކްޝަން ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ހޭލުންތެރިކުރުމުގެ ބައްދަލުވުންތަކެއް ޖުލައި 19ން ފެށިގެން 25 އަށް ޏ އަތޮޅު ފުއައްމުލަކުގެ އެކި އެކި މުއައްސަސާތަކުގެ އިތުރުން އާއްމު ރައްޔިތުންނަށް އޮންނާނެއެވެ

09 Jul 2011

 

މައިގަނޑު ހަރަކާތުގެ ނަން ކޮރަޕްޝަން ނައްތައިލުމާބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ބައްދަލުވުންތައް
ކޮންއިރަކު 20 ޖުލައި އިން ފެށިގެން 24 ޖުލައިއަށް
ކޮންތަނެއްގައި ޏ އަތޮޅުގައި
ހަރަކާތް ހިންގާ ފަރާތް އެޑިޔުކޭޝަން އެންޑް ރިސާރޗް ސެކްޝަން/އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)

މައިގަނޑު ހަރަކާތުގެ ދަށުން ހިންގޭ ކުދި ހަރަކާތްތައް ނަޒާހަތްތެރިކަން ނުވަތަ އިންޓެގްރިޓީ އާއި މެދުގައި ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ
1. މަސައްކަތުބައްދަލުވުން (ވާރކްޝޮޕް) ސްކޫލްކުދިންނަށް އަދި ދައުލަތުގެ މުއައްސަސާތަކުގެ މުއައްޒަފުންނަން
2. އާއްމު ރައްޔިތުންނަށް މައުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުން
މަގުސަދު • ސްކޫލުތަކުގެ 8،9،10 އަދި 11،12 ގެ ދަރިވަރުން ސްކޫލުން ނިމޭއިރުގައި އެކުދިންނަކީ ނަޒާހަތްތެރިކަމުގެ ސިފަތައް އަށަގަނެފައިވާ ނަޒާހަތްތެރިކަމާއި އެކުގައި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ހުނަރުތައް އަށަގަނެފައިވާ ދަރިވަރުންތަކަކަށްވުމަށް އެހީތެރިވެދިނުން
• ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަކީ ނަޒާހަތްތެރި ބަޔަކަށް ވުމަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވުން. އަދި އެކިއެކި ހަލާތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކަކީ ކޮބައިކަން ވަކިކުރަން އެނގުން. އަދި ދައުލަތުގެ މާލިއްޔަތަށް ރައްކާތެރިވާނެ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދިނުން.
• އާއްމު ރައްޔިތުން ކޮރަޕްޝަނާއި މެދުގައި ސަމާލުވެ އެކަހަލަ ކަމެއް ހިނގާނަމަ އެކަންކަން ކަމާބެހޭ ފަރާތައް އަންގައިދިނުމުގައި އަމަލުކުރެވެން ހުރި ގޮތްތަކަށް ހޭލުންތެރިކުރުވައި ނަޒާހަތްތެރިކަމަށް ލޯބިކުރުމަށް ބާރުއެޅުން.

އިތުރު މައުލޫމާތު އެޑިޔުކޭޝަން އެންޑް ރިސާރޗް ސެކްޝަން

އެންޓި ކޮރަޕްޝަން ކޮމިޝަން ގެ އެޑިޔުކޭޝަން އެންޑް ރިސާރޗް ސެކްޝަން ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ހޭލުންތެރިކުރުމުގެ ބައްދަލުވުންތަކެއް ޖުލައި 19ން ފެށިގެން 25 އަށް ޏ އަތޮޅު ފުއައްމުލަކުގެ އެކި އެކި މުއައްސަސާތަކުގެ އިތުރުން އާއްމު ރައްޔިތުންނަށް އޮންނާނެއެވެ. މި ހަރަކާތުގެ ތެރޭގައި އެއަތޮޅުގެ ސްކޫލުތަކުގެ ގްރޭޑް8 ން ފެށިގެން މަތީގެ ދަރިވުންނަށް ބާއްވާ މަސައްކަތު ބައްދަލުވުންތައް އޮންނާނެއެވެ. އަދި އެ އަތޮޅުގައި ވާ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތުބައްދަލުވުންތަކަކާއި އާއްމު ރައްޔިތުންނަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއްވެސް އޮންނާނެއެވެ. މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދުތަކަކީ ސުކޫލުތަކުގެ 8،9،10 އަދި 11،12 ގެ ދަރިވަރުން ސްކޫލުން ނިމޭއިރު އެކުދިންނަކީ ނަޒާހަތްތެރިކަމުގެ ސިފަތައް އަށަގަނެފައިވާ ދަރިވަރުންތަކަކަށްވުމަށް އެހީތެރިވެދިނުމާއި، ދައުލަތުގެ މުއައްސަސާތަކުގެ މުއައްޒަފުން ނަކީ ނަޒާހަތްތެރި ބަޔަކަށް ވުމަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވުމާއި އަދި ކޮރަޕްޝަނަކީ ކޮބައިކަން ވަކިކުރަން އެނގުމާއި އަދި ދައުލަތުގެ މާލިއްޔަތަށް ރައްކާތެރިވާނެ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދިނުމެވެ. މީގެ އިތުރުން އާއްމު ރައްޔިތުން ކޮރަޕްޝަނާއި މެދުގައި ސަމާލުވެ އެކަހަލަ ކަމެއް ހިނގާނަމަ އެކަންކަން ކަމާބެހޭ ފަރާތައް އަންގައިދިނުމުގައި އަމަލުކުރެވެން ހުރި ގޮތްތަކަށް ހޭލުންތެރިކުރުވައި، ނަޒާހަތްތެރިކަމަށް ލޯބިކުރުމަށް ބާރުއެޅުން ހިމެނެއެވެ.
މި ޕްރޮގްރާމް ތަކުގައި މައުލޫމާތުދެއްވާނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުވައްޒަފުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×