އެންޓި ކޮރަޕްޝަން ކޮމިޝަން ގެ އެޑިޔުކޭޝަން އެންޑް ރިސާރޗް ސެކްޝަން ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ހޭލުންތެރިކުރުމުގެ ބައްދަލުވުންތަކެއް މޭ މަހުގެ 1ން ފެށިގެން 12 އަށް ހުވަދު އަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށުގައި އޮންނާނެއެވ

28 Apr 2011

 

މައިގަނޑު ހަރަކާތުގެ ނަން ކޮރަޕްޝަން ނައްތައިލުމާބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ބައްދަލުވުންތައް
ކޮންއިރަކު 1 މޭ އިން ފެށިގެން 12 މޭއަށް
ކޮންތަނެއްގައި ގދ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި (ތިނަދޫ،ގައްދޫ،ފިޔޯރީ،ފަރެސްމާތޮޑާ،ނަޑެއްލާ،ވާދޫ،ރަތަފަންދޫ،ހޯޑެއްދޫ،މަޑަވެލި)
ހަރަކާތް ހިންގާ ފަރާތް އެޑިޔުކޭޝަން އެންޑް ރިސާރޗް ސެކްޝަން/އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)

މައިގަނޑު ހަރަކާތުގެ ދަށުން ހިންގޭ ކުދި ހަރަކާތްތައް ނަޒާހަތްތެރިކަން ނުވަތަ އިންޓެގްރިޓީ އާއި މެދުގައި ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ
1. މަސައްކަތުބައްދަލުވުން (ވާރކްޝޮޕް) ސްކޫލްކުދިންނަށް އަދި ދައުލަތުގެ މުއައްސަސާތަކުގެ މުއައްޒަފުންނަން
2. އާއްމު ރައްޔިތުންނަށް މައުލޫމާތުދިނުމަށް ބާއްވާ ބައްދަލުވުން
މަގުސަދު • ސުކޫލުތަކުގެ 8،9،10 އަދި 11،12 ގެ ދަރިވަރުން ސުކޫލުން ނިމޭއިރުގައި އެކުދިންނަކީ ނަޒާހަތްތެރިކަމުގެ ސިފަތައް އަށަގަނެފައިވާ ނަޒާހަތްތެރިކަމާއި އެކުގައި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ހުނަރުތައް އަށަގަނެފައިވާ ދަރިވަރުންތަކަކަށްވުމަށް އެހީތެރިވެދިނުން
• ދައުލަތުގެ މުއައްސަސާތަކުގެ މުއައްޒަފުން ނަކީ ނަޒާހަތްތެރި ބަޔަކަށް ވުމަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވުން އަދި ކޮރަޕްޝަނަކީ ކޮބައިކަން ވަކިކުރަން އެނގުން އަދި ދައުލަތުގެ މާލިއްޔަތަށް ރައްކާތެރިވާނެ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދިނުން
• އާއްމު ރައްޔިތުން ކޮރަޕްޝަނާއި މެދުގައި ސަމާލުވެ އެކަހަލަ ކަމެއް ހިނގާނަމަ އެކަންކަން ކަމާބެހޭ ފަރާތައް އަންގައިދިނުމުގައި އަމަލުކުރެވެން ހުރި ގޮތްތަކަށް ހޭލުންތެރިކުރުވައި ނަޒާހަތްތެރިކަމަށް ލޯބިކުރުމަށް ބާރުއެޅުން

އިތުރު މައުލޫމާތު އެޑިޔުކޭޝަން އެންޑް ރިސާރޗް ސެކްޝަން

އެންޓި ކޮރަޕްޝަން ކޮމިޝަން ގެ އެޑިޔުކޭޝަން އެންޑް ރިސާރޗް ސެކްޝަން ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ހޭލުންތެރިކުރުމުގެ ބައްދަލުވުންތަކެއް މޭ މަހުގެ 1ން ފެށިގެން 12 އަށް ހުވަދު އަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށުގައި އޮންނާނެއެވެ.މި ހަރަކާތުގެ ތެރޭގައި އެ ރަށްރަށުގެ ސުކޫލުތަކުގެ ގްރޭޑް8 ން ފެށިގެން މަތީގެ ދަރިވުންނަށް ބާއްވާ މަސައްކަތު ބައްދަލުވުންތައް އޮންނާނެއެވެ. އަދި އެ އަތޮޅުގައި ވާ ދައުލަތުގެ މުއައްސަސާތަކުގެ މުއައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ މަސައްކަތުބައްދަލުވުންތަކަކާއި އާއްމު ރައްޔިތުންނަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއްވެސް އޮންނާނެއެވެ.މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދުތަކަކީ ސުކޫލުތަކުގެ 8،9،10 އަދި 11،12 ގެ ދަރިވަރުން ސުކޫލުން ނިމޭއިރުގައި އެކުދިންނަކީ ނަޒާހަތްތެރިކަމުގެ ސިފަތައް އަށަގަނެފައިވާ ނަޒާހަތްތެރިކަމާއި އެކުގައި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ހުނަރުތައް އަށަގަނެފައިވާ ދަރިވަރުންތަކަކަށްވުމަށް އެހީތެރިވެދިނުމާއި، ދައުލަތުގެ މުއައްސަސާތަކުގެ މުއައްޒަފުން ނަކީ ނަޒާހަތްތެރި ބަޔަކަށް ވުމަށް ބޭނުންވާ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވުމާއި އަދި ކޮރަޕްޝަނަކީ ކޮބައިކަން ވަކިކުރަން އެނގުމާއި އަދި ދައުލަތުގެ މާލިއްޔަތަށް ރައްކާތެރިވާނެ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދިނުމެވެ.މީގެ އިތުރުން އާއްމު ރައްޔިތުން ކޮރަޕްޝަނާއި މެދުގައި ސަމާލުވެ އެކަހަލަ ކަމެއް ހިނގާނަމަ އެކަންކަން ކަމާބެހޭ ފަރާތައް އަންގައިދިނުމުގައި އަމަލުކުރެވެން ހުރި ގޮތްތަކަށް ހޭލުންތެރިކުރުވައި ނަޒާހަތްތެރިކަމަށް ލޯބިކުރުމަށް ބާރުއެޅުން ހިމެނެއެވެ.
މި ޕްރޮގްރާމް ތަކުގައި މައުލޫމާތުދެއްވަވާނީ ކަމާގުޅޭ ދާއިރާތަކުގެ މާހިރުންނެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×