އޭސީސީގެ 2016 ވަނަ އަހަރުގެ ތަފާސްހިސާބު ފޮތް ނެރެފި

20 Apr 2017

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށްޓަކައި މިއަދު ކޮމިޝަނުގައި ބޭއްވީ ޚާއްޞަ ޖަލްސާއެއްގައި ކޮމިޝަނުގެ ތަފާސްހިސާބު ފޮތް ޢާއްމުކޮށްފިއެވެ. ކޮމިޝަނުގެ 2016 ވަނަ އަހަރުގެ ތަފާސްހިސާބު ފޮތް ނެރެދެއްވީ ކޮމިޝަނުގެ ނާއިބު ރައީސް އަލްއުސްތާޛް މުޢައްވިޒް ރަޝީދެވެ.

މިތަފާސް ހިސާބު ފޮތުގައި ކޮމިޝަނުން ވޭތުވެ ދިޔަ އަހަރުކޮށްފައިވާ ތަފާތު މަސައްކަތްތަކުގެ މަޢުލޫމާތު ލިބިގެން ދާނެއެވެ. މިގޮތުން ކޮމިޝަނަށް ހުށަހެޅޭ އަދި ކޮމިޝަނުން ބަލައި ނިންމާފައިވާ މަސައްކަތްތަކުގެ އިތުރަށް ކޮމިޝަނުން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ ހިސާބުތަކުގެ މަޢުލޫމާތު ޢާއްމުންނަށް ފަސޭހައިން މިފޮތް މެދުވެރިކޮށް ލިބިގެންދާނެއެވެ. މިއީ ކޮމިޝަންގެ މަސައްކަތްތައް ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިޔަށް ގެންދިއުމުގެ ޢަޒުމުގައި ކޮންމެ އަހަރަކު އެއްފަހަރު ނެރޭ ފޮތެކެވެ.

އޭސީސީގެ 2016 ވަނަ އަހަރުގެ ތަފާސްހިސާބު ފޮތް ބެއްލެވުމަށް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×