އޭސީސީއިން މުޅިން އަލަށް ނެރޭ “ހުދު ކަރުދާސް” ނެރެފި

20 Apr 2017

ކޮރަޕްޝަނުގެ ގެއްލުމާއި ނުބައިކަމުގެ މައްޗަށް ޢާންމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކޮމިޝަނުން މުޅިން އަލަށް ނެރެން ފަށާ “ހުދު ކަރުދާސް” ސީރީސްގެ ފުރަތަމަ ކަރުދާސް މިއަދު ނެރެފިއެވެ. ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް މިއަދު ކޮމިޝަނުގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި މިކަރުދާސް ނެރެދެއްވީ އޮޑިޓަރ ޖެނެރަލް އަލްފާޟިލް ޙަސަން ޒިޔަތެވެ.

މިސިލްސިލާގެ ދަށުން އޭސީސީއިން މިފަހަރު ނެރުނު ކަރުދާހުގެ މައުޟޫޢުއަކީ “އިންތިޚާބާ ގުޅިގެން ހިންގާ ކޮރަޕްޝަން – ޤާނޫނާ ޚިލާފަށް ހޯދާ ކެމްޕޭން ފައިސާ” އެވެ. މިފަދަ އިތުރު ދިރާސާތަކެއް ކޮމިޝަނުގެ ފަރާތުން ދޭތެރެ ދޭތެރެއިން ނެރެމުންދާނެއެވެ. އަދި މިކަރުދާސް މިހާރު އޭސީސީގެ ވެބްސައިޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.

ހުދު ކަރުދާސް ބެއްލެވުމަށް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×