ފުވައްމުލަކު ސްކޫލްތަކުގެ މިއަދުގެ އެސެންބްލީގައި އޭސީސީން ބައިވެރިވެއްޖެ

21 Apr 2016

2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ހިންގާ ޙަރަކާތްތަކުގެ ތެރެއިން، މިއަދު ސްކޫލްތަކުގެ އެސެމްބްލީގައި އޭސީސީން މިއަދު (21 އެޕްރީލް 2016) ބައިވެރިވެއްޖެއެވެ.

ސްކޫލްތަކުގެ އެސެމްބްލީގައި އޭސީސީން ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ، ދަރިވަރުންގެ މެދުގައި ނަޒާހަތްތެރިކަން އާލާކޮށް އިސްލާމީ ރީތި އާދަތައް އަށަގެންނެވުމަށް ބާރުއެޅުމާއި އެފަދަ ކަންކަމަށް ހޭލުންތެރި ކުރުމެވެ.

ފުވައްމުލަކުގެ 4 ސްކޫލެއް ކަމަށްވާ، މަދަރަސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން އާއި، ޏ.އަތޮޅު ތަޢުލީމީ މަރުކަޒު އާއި، ފުވައްމުލަކު ސްކޫލް އަދި ހާފިޒް އަޙްމަދު ސްކޫލުގެ އެސެމްބްލީގައި އޭސީސީގެ މެމްބަރުންބައިވެރިވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×