ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ޖަލްސާއެއް ބާއްވައިފި

24 Apr 2016

2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ޖަލްސާއެއް 21 އެޕްރީލް 2016 ވަނަ ދުވަހުގެ ރޭ ފުވައްމުލަކުގައި ބާއްވައިފިއެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ގައުމީ ޔުނިވަރސިޓީގެ ޗާންސަލަރ ޑރ.މުޙައްމަދު ލަޠީފެވެ.

މި ޖަލްސާގައި ކޮމިޝަނުގެ ރައީސް ޙަސަން ލުޠުފީއާއި، ފުވައްމުލަކު އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ފަލާޙް ޝަރީފް އަދި ޖަލްސާގެ ޝަރަފްވެރި މެޙެމާން، ދުވަހާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. އެބޭފުޅުންގެ ވާހަކަފުޅުގައި ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމުގެ މުހިއްމުކަމަށާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ހުރިހާ ފަރާތްތަކުން، ވަކިން ޚާއްޞަކޮށް ފަރުދުން، ބައިވެރިވެގެން މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލި އަޅުވާލެއްވިއެވެ.

މި ޖަލްސާގައި އޭ.ސީ.ސީގެ ކޯޕަރޭޓް ވީޑިއޯއާއި ނަޒާހަތްތެރިކަމުގެ ޤައުމީ އިނާމު ރީ ބްރޭންޑްކޮށް ލޯންޗް ކޮށް، އޭ.ސީ.ސީގެ ތަފާސްހިސާބު ފޮތާއި، “ވިސްލްބްލޯވ” ކުރުމާބެހޭ ގަވާއިދާއި، “ބިތުފަންގި” ބުލެޓިން ގެ 2 ވަނަ ޢަދަދު ނެރެދެއްވިއެވެ. މީގެ އިތުރުން އެންޓި-ކޮރަޕްޝަން ދުވަހާ ގުޅިގެން ބޭއްވުނު ޤުރުއާން މުބާރާތާއި، ސްކޫލްކުދިންގެ ކުއިޒް މުބާރާތާއި، އަދި ފުވައްމުލަކު ޓީމަކާއި އޭ.ސީ.ސީގެ ޓީމެއްގެ މެދުގައި ބޭއްވުނު ބަހުޘް މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމާއި ސެޓްފިކެޓް ދެވިފައިވެއެވެ. އަދި ކޮމިޝަން / ބޯޑުގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރި ފަރާތްތަކަށް މި ޖަލްސާގައި ހަނދާނީފިލާ ދެއްވާފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×