ކޮމިޝަންގެ ހުދުކަރުދާސް ވޮލިއުމް 03 އަދަދު 01 ނެރެފި

22 Apr 2019

އެންޓި-ކޮރަޕްޝަން ކޮމިޝަނުން މަޢުލޫމާތު ހާމަކުރުމަށް ބޭނުންކުރާ އެއް ވަޞީލަތް ކަމުގައިވާ ހުދުކަރުދާހުގެ ވޮލިއުމް 3ގެ 1ވަނަ ޢަދަދު ނެރެފިއެވެ. ހުދުކަރުދާހުގެ މަޤްޞަދަކީ ކޮރަޕްޝަންގެ ހިރާސްތަކާއި ކޮރަޕްޝަނުން ސަލާމަތްވުމަށް ބޭނުންވާ ކަންކަން ދެނެގަނެ، ދިރާސީ ނަޒަރަކުން އެކަމަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކާގުޅޭ މަޢުލޫމާތު ހާމަކުރުމެވެ. ހުދުކަރުދާސް ނެރެދެއްވާފައިވަނީ 21 އެޕްރީލް 2019 ގައި ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި އޭސީސީން ބޭއްވި ޚާއްޞަ ޖަލްސާގައި ކޮމިޝަނުގެ މެމްބަރު ޔަޒްމީދު މުޙައްމަދެވެ.

ހުދުކަރުދާސް ސިލްސިލާގެ ދަށުން އޭސީސީން މި ނެރުނު 4ވަނަ ހުދުކަރުދާހުގެ މައުޟޫޢުއަކީ”ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހިނގާ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުން”އެވެ. މިގޮތުން މި އަދަދުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޮނިގަނޑު އެކުލަވާލެވިފައިވާ ގޮތާއި، އެ ކުންފުނިތަކާ ގުޅޭ ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތަކާއި އެފަދަ މައްސަލަތައް ހައްލުކުރުމަށް ކޮމިޝަނުގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް ހިމަނާފައިވެއެވެ. މިކަރުދާސް ކޮމިޝަނުގެ ވެބްސައިޓުގައި މިހާރުވަނީ ޝާއިޢު ކުރެވިފައެވެ. އަދި މި ކަރުދާސް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހިއްސާކުރެވޭނެއެވެ.

ކޮމިޝަންގެ ހުދުކަރުދާސް ވޮލިއުމް 03 އަދަދު 01 ވިދީޅުވުމަށް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×