ނަޒާހަތްތެރިކަމާބެހޭ ވާހަކަފޮތް އުފެއްދުމުގެ މުބާރާތުގެ ވާހަކަފޮތްތައް ނެރެދެއްވައި، މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

23 Apr 2019

ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅުވައިގެން ފައުންޑޭޝަން ސްޓޭޖްއަށް ކިޔަވައިދޭ ސްކޫލްތަކަށް ހުޅުވާލައިގެން ނަޒާހަތްތެރިކަމާބެހޭ ވާހަކަ ފޮތް އުފެއްދުމުގެ މުބާރާތެއް އޭސީސީގެ ފަރާތުން ބާއްވާފިއެވެ. މި މުބާރާތުގައި 28 ސްކޫލަކުން ބައިވެރިވެ 42 ވާހަކައެއް ވަނީ ހުށަހަޅާފައެވެ. މިވާހަކަ ތަކަކީ ނަޒާހަތްތެރިކަމުގެ ސިފަތައް ކުރިއަރުވައި ތުއްތުކުދިންގެ ހިތްތަކުގައި ނަޒާހަތްތެރިކަމަށް ހިތްވަރު ދިނުމަށް އޭސީސީއިން ކުރިއަށް ގެންދާ ހަރަކާތްކަތުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި މުބާރާތުން އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދިޔަ ވާހަކަތައް ހޮވުމުގެ އިތުރުން އެންމެ ރަނގަޅު 10 ވާހަކަ ފޮތް ވަނީ ހޮވާފައެވެ. މުޅި މުބާރާތުން އެއްވަނައަށް ހޮވިފައިވަނީ ގަލޮޅު ސްކޫލެވެ. ދެވަނައަށް ރެހެންދި ސްކޫލު ގޮސްފައިވާއިރު ތިންވަނައަށް ގޮސްފައިވަނީ ވާދޫ ސްކޫލެވެ. މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ދިޔަ ފަރާތްތަކަށް ހަނދާނީ ފިލައާއި ސެޓްފިކެޓް އަދި ފައިސާގެ އިނާމު ބައްސަވައިދެއްވާ، މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ސިވިލްސާވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީޝާމީމުއެވެ.

މުބާރާތައް ހުށަހެޅުނު ވާހަކަފޮތްތައް ރަސްމީކޮށް ރޭގެ ޖަލްސާގައި ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ. ކަސްޓަމްސްގެ މީރުބަހުރު މާލަމުގައި ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ފޮތްތައް އިފްތިތާޙު ކޮށްދެއްވުމުގެ އިތުރުން މުބާރާތަށް ހުށަހެޅުނު ފޮތްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ވާހަކަ ފޮތް ހޮވާ އެފޮތްތައް ހުށަހެޅުއްވި ފަރާތްތަކަށް ހަނދާނީ ފިލައާއި ހަނދާނީ ލިޔުން ވަނީ ދީފައެވެ. އެތަކެތި ބައްސަވައި ދެއްވީ ކޮމިޝަނުގެ މެންބަރު އާމިނަތު މިންނާއެވެ.
މުބާރާތުން ހޮވާލެވޭ އެންމެ ރަނގަޅު ވާހަކަ ފޮތްތައް ޗާޕްކޮށް ސްކޫލުތަކަށް ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް ކޮމިޝަނުންވަނީ ނިންމާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×