އއ.ތޮއްޑޫން ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް އއ.ތޮއްޑޫ ކައުންސިލްގެ އިދާރާއިން ކުރި އިޢުލާނާގުޅޭ

28 Apr 2019

އއ.ތޮއްޑޫން ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް އއ.ތޮއްޑޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާން ބާޠިލުކުރުމަށް އއ. ތޮއްޑޫ ކައުންސިލްގެ އިދާރާއަށް މިކޮމިޝަނުން ވަނީ އަންގާފައެވެ.

އއ.ތޮއްޑޫން ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް އއ.ތޮއްޑޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނާ ގުޅިގެން ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމާފައިވާ ބިންތައް ދޫކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ބެލިބެލުމުގައި ބިން ކުއްޔަށްދިނުމަށް ކުރި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މާކްސްދޭނެ ގޮތްތަކުގައި “މަސައްކަތް ކުރުމަށް މިހާރު ހޯދައިފައިވާ ތަކެއްޗަށް” 30 މާކްސް ލިބޭނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމުން، މިހާރު ތަކެތި ހޯދާފައިނެތް ނަމަވެސް މިފަދަ މަސައްކަތެއްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބައިވެރިވުމަށް އޮތް ހުރަހެއްކަމަށް ފެންނާތީ، މިކަމަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.02 ގެ (ށ) ގައި ބުނެފައިވާފަދައިން ވަކިބަޔަކަށް ބައިވެރިވުން މަނާކުރާގޮތަށް ގޮތަށް އޮތްކަމެއްކަމަށް ފެންނާތީ ބިން ކުއްޔަށްދޫކުރުމަށް ޢާއްމުކޮށްފައިވާ އިޢުލާން ބާޠިލުކޮށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތުގެ މަތީން ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއި ހާމަކަންބޮޑު ވާދަވެރި އިޤުތިޞާދީގޮތުން އެންމެ ފައިދާހުރި ޒިންމާދާރު ގޮތެއްގައި ކުރިއަށް ގެންދެވޭނެގޮތަށް ކުރިއަށް ގެންދިއުމަށް އއ. ތޮއްޑޫ ކައުންސިލްގެ އިދާރާއަށް 31 ޖަނަވަރީ 2019ގައި މިކޮމިޝަނުން ވަނީ އަންގާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×