ކޮރަޕްޝަނާމެދު ހޭލުންތެރިކުރުވާ، ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި، މާލިއްޔަތު ގަވައިދަށް އަހުލުވެރިކުރުމުގެ މަޤްޞަދުގައި ސީ.އެމް.ޑީ.އޭ.ގެ ޑިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމުގައި އޭސީސީގެ ފަރާތުން ‘ކޮރަޕްޝަން ޕްރިވެންޝަން އެންޑް ޕްރޮކިއުމަންޓް’ ޕްރޮގްރާމު ކުރިއަށް ގެންގޮސްފިއެވެ.
2019 ޖުލައި 09 ވީ އަންގާރަ ދުވަހު ސްޓެލްކޯގެ ޓްރެއިނިންގ ރޫމްގައި ބޭއްވި މި ތަމްރީން ޕްރޮގްރާމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުގެ ޖުމްލަ 31 ބައިވެރިން މި ޕްރޮގްރާމު ފުރިހަމަ ކުރައްވާފައިވެއެވެ. 2 ގަޑިއިރާއި 30 މިނެޓުގެ މި ސެޝަން ނަންގަވައިދެއްވާފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.