ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ “ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް” އަށް މި ކޮމިޝަނުގެ ފަރާތުން އިސްލާހު ހުށަހަޅައިފިއެވެ.
ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލަކީ، ދައުލަތުގެ އިދާރާތަކުގައާއި އަމިއްލަ ފަރާތްތަކުގައި ހިންގާ ކޮރަޕްޝަނާއި އެނޫންވެސް ނޭދެވޭ ޢަމަލުތައް ހުއްޓުވައި، އެތަންތަނުގައި ދެފުށް ފެންނަ، ޖަވާބުދާރީކުރުވަނިވި އަދި ނަޒާހަތްތެރި ޘަގާފަތެއް އަށަގެންނެވުމަށްޓަކައި، އެފަދަ ނޭދެވޭ ޢަމަލުތައް ހިންގާ ފަރާތްތަކާގުޅޭ މަޢުލޫމާތު ހާމަކުރުމުގައި ނުވަތަ ވިސްލްބްލޯކުރުމުގައި ޢަމަލުކުރާނެ އުޞޫލުތައް ކަނޑައެޅުމާއި، ވިސްލްބްލޯކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކުރުމެވެ.
ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލުގައި، މިކޮމިޝަނުގެ މަސައްކަތްތަކާ ގުޅުންހުރި އިޖުރާޢަތްތަކާއި، މިކޮމިޝަނަށް މެންޑޭޓްކޮށްފައިވާ ކަންކަމުގައި ގެންނަން ފެންނަ އިސްލާހުތައް 01 އޮގަސްޓު 2019 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅާފައިވާނެއެވެ.