ބޭންކް އޮފް މޯލްޑިވްސްއިން ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ މައްޗަށް ސިވިލް ކޯޓުގައި ކޮށްފައިވާ ދަޢުވާގައި ދަޢުލަތާ އެއްކޮޅަށް ޙުކުމް ކޮށްފި

18 Aug 2019

ޕީސީސީއޭއާރުއިން ހިންގަމުންދާ ޖިނާޢީ ތަޙުޤީޤަކާ ގުޅިގެން ބީއެމްއެލްގެ ކަސްޓަމަރުންނާބެހޭ މަޢުލޫމާތު ހޯދުމަށް ޕީސީސީއޭއާރުގެ ނަންބަރު PCCAR/BML/2019/2 (30 ޖޫން 2019) ސިޓީން ބީ.އެމް.އެލްގައި އެދިފައިވީ ނަމަވެސް، އިސްވެބަޔާންކޮށްފައިވާ މަޢުލޫމާތު ފޯރުކޮށްދެވޭނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/26 ޤަޟިއްޔާގައި ބަޔާންކޮށްފައިވާގޮތަށް، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 72 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އިޖުރާއަތްތައް ފުރިހަމަކުރުމުންކަމަށް ކަނޑައަޅައިދިނުމަށާއި، އެ ނޫންގޮތަކަށް ޢަމަލުކުރުމަށް އެންގުމުގެ ބާރު ޕީސީސީއޭއާރުއަށް ލިބިގެންނުވާކަމަށް ކަނޑައަޅައިދިނުމަށާއި އެފަދަ އަމުރަކަށް ޢަމަލުނުކުރުމުގެ ސަބަބުން ބޭންކުގެ މައްޗަށް ނުވަތަ ބޭންކުގެ އެއްވެސް މުވައްޒަފެއްގެ މައްޗަށް ފިޔަވަޅެއް އެޅުމުގެ ޤާނޫނީ ބާރު ޕީސީސީއޭއާރުއަށް ލިބިގެންނުވާކަމަށް ކަނޑައަޅައިދިނުމަށް އެދި ބީއެމްއެލްއިން ސިވިލްކޯޓުގައި ކޮށްފައިވާ ދަޢުވާއަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަދައްޚުލުވެފައިވެއެވެ. ސިވިލްކޯޓުގެ ނަންބަރު2595/Cv-C/2019 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަށް 07 އޮގަސްޓު 2019 ގައި ޙުކުމް ކޮށްފައިވާއިރު، އެ ޤަޟިއްޔާގައި 13 ކަމެއް ފާހަގަކޮށްފައިވެއެވެ.

އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންތަކުގެ މައްޗަށް ބިނާކޮށް ޙުކުމްކޮށްފައިވަނީ، ޕީސީސީއޭއާރުގެ ނަންބަރު PCCAR/BML/2019/2 (30 ޖޫން 2019) ސިޓީން އެދިފައިވާ މަޢުލޫމާތަކީ ހައިކޯޓުގެ ނަންބަރު 2019/HC-A/26 ޤަޟިއްޔާގައި ބަޔާންކޮށްފައި އެވާގޮތަށް، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)ގެ 72 ވަނަ މާއްދާގައި ބަޔާންކުރާ ގޮތްތަކުގެ ތެރޭގައި ހިމެނިގެންވާ ކަންތައްތައްތައް ކަމުގައި ނުވާތީވެ ޤާނޫނު ނަންބަރު 24/2010 (ބޭންކިންގއާބެހޭ ޤާނޫނު)ގެ 41 ވަނަ މާއްދާއާއި 42 މާއްދާއާއި 43 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙްޤީޤުކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުން ބޭނުންވެގެން އެ ސިޓީގައި އެވާ މަޢުލޫމާތު އެ މިންވަރަށް ދޭ ދިނުމުގައި ބޭންކު ނުވަތަ ބޭންކުގައި މަސައްކަތްކޮށްފައިވާ ނުވަތަ މަސައްކަތްކުރާ ފަރާތްތަކުން ސިއްރުހާމަކުރުމުން ބަރީއަކޮށް، އެ ފަރާތަށް ބޭންކިންގއާބެހޭ ޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން ރައްކާތެރިކަން ޤާނޫނީގޮތުން ލިބިގެންވާކަން އެންގެންއޮންނަކަމަށާއި، އެހެންކަމުން ޕީސީސީއޭއާރުގެ ނަންބަރު PCCAR/BML/2019/2 (30 ޖޫން 2019) ސިޓީން ބީއެމްއެލްގައި އެދިފައިވާ އެ ބޭންކުގެ ކަސްޓަމަރުންގެ މަޢުލޫމާތު ދިނުމަކީ ބޭންކުގެ މައްޗަށް ލާޒިމްކަމެއްކަމަށެވެ.

ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×