ހޭލުންތެރިކުރުވުމުގެ ޤައުމީ ހަރަކާތް ‘މަސަލަސް ރާއްޖެ’ ގެ ދަށުން އޭސީސީގެ ފަރާތުން ކުޅުދުއްފުށި ސިޓީގައި މަޢުލޫމާތު ދީފި

01 Mar 2020

ހޭލުންތެރިކުރުވުމުގެ ޤައުމީ ހަރަކާތް ‘މަސަލަސް ރާއްޖެ’ ގެ ދަށުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ ފަރާތުން އިލެކްޝަސް ކޮމިޝަނާ ގުޅިގެން ކުޅުދުއްފުށި ސިޓީގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ނަގައިދީފިއެވެ.

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ދަށުން 2020 ފެބުރުވަރީ 21 ވީ ހުކުރު ދުވަހާއި 2020 ފެބުރުވަރީ 22 ވީ ހޮނިހިރު ދުވަހު ޖުމްލަ 3 ސެޝަން ކުރިއަށް ގެންގޮސްފައިވެއެވެ. ކެންޑިޑޭޓުންނާއި އާންމު ރައްޔިތުން އަދި ކުޅުދުއްފުށި ސިޓީގެ ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ބޭއްވި މި ސެޝަންތަކުގައި ޖުމްލަ 90 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި ސެޝަންތަކުގައި އިންތިޚާބު ތެރޭގައި ހިނގައިފާނެ ކޮރަޕްޝަންގެ ޢަމަލުތަކަށް ހޭލުންތެރިކޮށް، މިފަދަ ޢަމަލުތައް މަދުކުރުމާއި ނަޒާހަތްތެރިކަށް އިސްކުރުމުގެ މުހިންމުކަމާއި ނަޒާހަތްތެރި ކެންޑިޑޭޓުން އިޚްތިޔާރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވައިލައިފައިވެއެވެ. މި ސެޝަންތައް ނަންގަވައިދެއްވީ އޭސީސީގެ ފަންނީ މުވައްޒަފުންނެވެ.

‘މަސަލަސް ރާއްޖެ’ ހޭލުންތެރިކުރުވުމުގެ ޤައުމީ ހަރަކާތަކީ  އިލެކްޝަންސް ކޮމިޝަނުގެ އިސްނެގުމުގެ މަތިން ތަފާތު 16 މުއައްސަސާއެއް ބައިވެރިވެގެން، ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×