1435 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާ ބެހޭ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އެކުލަވާލާފައިވާ ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމާ ބެހޭ އުސޫލާއި އަދި އެއުސޫލުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބިޑިންގ ޕްރޮސެސްގެ ތެރޭގައި ކޮރަޕްޝަންއަށް މަގުފަހިވާ ކަންތައްތަކެއްވާ ކަމަށާއި، ވަކިބަޔަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް އަމަލުކުރަމުންގެންދާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަ މިކޮމިޝަނުގެ ފަރާތުން ތަޙުޤީޤުކުރި ކުރުމުގައި ތިރީގައިމިވާ ކަންތައްތައް ވަނީ ފާހަގަކުރެވިފައެވެ.