އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2014 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އާންމުކޮށްފި

23 Mar 2015

ޤާނޫނު ނަންބަރު: 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 31 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ 2014ވަނަ އަހަރުގެ އަހަރީ ރިޕޯޓު ޢާއްމުކޮށްފިއެވެ. މި ރިޕޯޓު 14 މާރިޗު 2015 ވަނަ ދުވަހު މިކޮމިޝަނުގެ ވެބްސައިޓުގައި އާންމުކުރެވިފައިވާއިރު، 15 މާރިޗު 2015 ގައި މީޑިއާތަކަށް ޚާއްޞަކޮށްގެން ބޭއްވި ޚާއްޞަ ޖަލްސާއަކުން ރަސްމީކޮށް ވަނީ އާންމުކޮށްފައެވެ.

މި ކޮމިޝަނާ މަތިކުރެވިފައިވާ ޤާނޫނީ މުހިންމު ވާޖިބުތައް މިކޮމިޝަނުން އަދާކުރަމުންދާ ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ މައިގަނޑު މަޤްޞަދުކަމަށް ބަލައި ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައި، މިކޮމިޝަނުގެ ޤާނޫނީ ޒިންމާތައް އަދާކުރުމަށް 2014 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލާއި، ޢާއްމުންގެ މެދުގައި ނަޒާހަތްތެރިކަން އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކާއި، އެމަސައްކަތްތަކުން ނަތީޖާ ޙާޞިލްކުރެވިފައިވާ މިންވަރާއި، ކޮމިޝަނަށް ދިމާވި ގޮންޖެހުންތައް ހިމަނާފައިވާނެއެވެ. އޭގެއިތުރުން، 2014 ވަނަ އަހަރު އިދާރީ ގޮތުން ކޮމިޝަން ހިންގާފައިވާ ގޮތާއި، ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުންތަކާ ބެހޭ މަޢުލޫމާތާއި، ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކާއި، ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާއި، ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގެ ތަފްޞީލު ހިމަނާފައިވާނެއެވެ. ހަމައެހެންމެ، ނަޒާހަތްތެރިކަން ކުރިއެރުވުމަށްޓަކައި ކޮށްފައިވާ ކަންކަމާއި، ކޮރަޕްޝަނާއި ދެކޮޅަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތާއި، ކޮމިޝަންގެ މަސައްކަތްތަކުގެ މިސްރާބާއި، ކުރިމަގަށް ރާވާފައިވާ ކަންތައްތަކުގެ މައްޗަށްވެސް މި ރިޕޯޓުގައި ބަލާލެވިފައިވާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×