ޤާނޫން ނަންބަރު (9/2014) “ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރުމުގެ ކުރިން ކުރިމަގުގައި ހުރަސް ހުރި މަސައްކަތްތަކާއި، ޤާނޫނު ތަންފީޒުކުރުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށްޓަކައި ސަރުކާރާއި ދައުލަތުގެ ކަމާބެހޭ އިދަރާތަކުގެ އިސްވެރިންގެ މެދުގައި ކުރިއަށް ގެންދެވުނު ޚާއްސަ މަހާސިންތާގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރިވެއްޖެއެވެ.
މި މަހާސިންތާގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ކޮމިޝަނުގެ ނައިބުރައީސް އަލްއުސްތާޛު މުއައްވިޒް ރަޝީދާއި، އިންވެސްޓިގޭޝަން އޮފިސަރ އަލްއުސްތާޛާ ފާތިމަތު އަނޫލާއާއި، އިންވެސްޓިގޭޝަން އޮފިސަރ އަލްއުސްތާޛު މުޙައްމަދު ނިޝާތުއެވެ.