ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ހަރާކާތްތަކުގެ ތެރެއިން އެންޓި-ކޮރަޕްޝަން ކުއިޒް މުބާރާތް

19 Apr 2015

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރެވޭ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅިގެން ކުރިއަށްގެންދާ ރަސްމީ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ތިލަދުންމަތީ ދެކުނުބުރީ ރަށްރަށުގެ ސްކޫލްތަކަށް އަމާޒުކޮށްގެން ބާއްވާ އެންޓި-ކޮރަޕްޝަން ކުއިޒް މުބާރާތް މިއަދު (18 އެޕްރީލް 2015) ގައި ފަށައިފިއެވެ. މިމުބާރާތުގެ މަޤުޞަދަކީ ސްކޫލް ދަރިވަރުންގެ މެދުގައި ކޮރަޕްޝަނާމެދު ހޭލުންތެރިކަން އިތުރުކޮށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ ރޫޙު ދަރިވަރުންގެ ހިތްތަކުގައި އާލާކުރުމެވެ. މިމުބާރާތް ކުރިއަށް ގެންދަނީ ދެ ފަންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޭޑް 7-6 ގެ ދަރިވަރުން ހިމެނޭ ގްރޫޕަކާއި 9-8 ގެ ދަރިވަރުން ހިމެނޭ ގްރޫޕެއް ހިމެނޭގޮތަށެވެ. މި މުބާރާތުގައި ތިލަދުންމަތީ ދެކުނުބުރީ ރަށްރަށުން ބައިވެރިވެފައިވަނީ ނައިވާދޫ ސްކޫލާއި، ފިނޭ ސްކޫލާއި، ނޮޅިވަރަންފަރު ސްކޫލާއި، ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް އަދި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލެވެ. މިމުބާރާތަކީ މުޅި ދުވަހަށް ކުރިއަށް ގެންދާ މުބާރާތެކެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×