ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޒާހިރު އާއި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ މައުމޫން ޖަޢުފަރު ދޫނިދޫ ކަސްޓޯޑިއަލްގައި މަސައްކަތް ކުރިއިރު، ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ޚާއްޞަ ވަކި ބަޔަކު ގޮޅިން ބޭރަށް ނެރެ، އެމީހުން ގޮޅިން ބޭރުގައި ގެންގުޅޭކަމަށާއި، ގޮޅިން ބޭރުގައި ނިންދަވާކަމަށާއި، އޭގެ ތެރެއިން ބައެއް މީހުން ރަށުތެރެއަށް ދޫކޮށްލައިގެން އެމީހުންނަށް ބައެއްފަހަރު މެސްރޫމުން ކާންދޭކަމަށާއި، އެމީހުން ކެއްކުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާކަމަށާއި، އެމީހުންނަށް ވަކިން އެކޮމަޑޭޝަން ހަމަޖައްސައިދީފައިވާކަމަށާއި، އެ އެކޮމަޑޭޝަނުގައި ޓީވީ ބަހައްޓާފައި ހުންނަކަމަށާއި، ދޫނިދޫގައި ހައްޔަރުކޮށްފައިހުރި މީހަކު ލައްވައި ރާ ބާލައިގެން ރުކުރާ ވިއްކުމާއި، ރުކުރަލުގެ އިތުރުން ކާށި، ކުރުނބާ، ދޮންކެޔޮ ފަދަ ތަކެތި ވިއްކައި، ލިބޭ ފައިސާ އެތަނުގެ ވެރިންނަށް ތިބި މީހުން ބޭނުންކުރާކަމަށާއި، އެކި ފަރާތްފަރާތުން ތަކެތި ހޯދައިގެން ދޫނިދޫގެ އެކި ސަރަޙައްދުތަކުގައި މަސްފެންގަނޑުތަކެއް ހަދައި، މަހާއި ދޫންޏާއި ކުކުޅުފަދަ ތަކެތި ގެންގުޅެ، އެފަދަ ތަކެތި ވިއްކައިހަދާކަމަށާއި، ދޫނިދޫގައި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ފަރާތުން ޢިމާރާތްކުރި ގުދަނުގެ މަސައްކަތް ބަންދުމީހުން ލައްވައި ކުރުވައި އެމީހުންނަށް އުޖޫރަ ނުދިނުމާއި، އެމަސައްކަތުގެ އަގަށް ޕޮލްކޯއިން ފައިސާ ނަގައި ޗީފް ސްޓޭޝަން އިންސްޕެކްޓަރ މައުމޫން ޖަޢުފަރު އެފައިސާ ބޭނުންކޮށްފައިވާކަމަށާއި، އަދި މިމަސައްކަތަށް ތަކެތި ހޯދުމުގައި ޕޮލްކޯގެ ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އިލްޔާސް ރިޔާޟާއި ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޒާހިރު ޑީލް ހަދައިގެން ތަކެތި ގެނެސްފައިވާކަމަށާއި، ދޫނިދޫގައި ޢިމާރާތްކުރި 6 ނަންބަރު ޖަލު ޢިމާރާތްކުރުމަށް ބަންދުމީހުން ލައްވައި އަގުދޭގޮތަށް ގައު އަޅުވައި، އެމަސައްކަތުގެ ކޮންޓްރެކްޓަރުގެ އަތުން ގައު އެޅުމުގެ އަގަށްވާ ފައިސާ އަތުލުމަށްފަހު، އެފައިސާ ބޭނުންކޮށްފައިވާކަމަށާއި، އަދި މުޖުތަބާ ޒާހިރާއި މައުމޫން ޖަޢުފަރު އެމަސައްކަތުގެ ކޮންޓްރެކްޓަރާ ޑީލް ހެދުމަށްފަހު ޖަލުގެ މަސައްކަތް ދޫނިދޫގައި ބަންދުގައި ތިބި ސޯމާލިޔާ މީހުން ލައްވައި ކޮށްފައިވާކަމަށާއި، ދޫނިދޫއަށް ކޮންޓްރެކްޓް މަސައްކަތަށް ގޮސްތިބި ބައެއް ފަރާތްތަކަށް ފުލުހުންގެ ލިސްޓުގައި ހިމަނައިގެން ކާންދީފައިވާކަމަށާއި، ދޫނިދޫ ބަންދުގައި ހުރި މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ޙުކުމްކުރުމުގެ ފަހުންވެސް އޭނާ ދޫނިދޫގައި ބަހައްޓާފައިވާކަމަށް ބުނެ މިކޮމިޝަނަށް ހުށަހެޅުނު މައްސަލަ މި ކޮމިޝަނުން ތަޙްޤީޤް ކުރުމަށްފަހު ނިންމިގޮތް ތިރީގައި މިވަނީއެވެ.
1. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޒާހިރު (ޖަވާހިރުވާދީ/ޏ.ފުވައްމުލައް) ދޫނިދޫ ކަސްޓޯޑިއަލް ބެލެހެއްޓުމާ ޙަވާލުވެހުރިއިރު، ދޫނިދޫ ޖަލުގެ ގޮޅިތަކުގައި ހައްޔަރުކޮށްފައި ތިބި ބައެއް މީހުން ދޫނިދޫގެ އެކި ސަރަޙައްދުތަކަށް ދެވޭގޮތަށް ޖަލުގެ ގޮޅިން ބޭރަށް ނެރެ ދޫނިދޫ ޓެންޓް ކިޔާ ތަނެއްގައި ގެންގުޅެފައިވުމާއި، ގޮޅިން ބޭރަށް ނެރުނު ބަންދު މީހުންނަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނަށްވާއިރު އޭގެ ތެރެއިން ބައެއް މީހުން ގޮޅިން ބޭރަށް ނެރެފައިވަނީ އެމީހުން ބަންދުކުރި މައްސަލައިގެ ތަޙްޤީޤު ނުނިމެނީސްކަމަށްވުމާއި، ފުލުހުންގެ ބަންދުގައި ތިބޭ މީހުން ގޮޅިން ބޭރަށް ނެރެންޖެހޭ ޙާލަތްތަކާއި ޕޮލިސް ކަސްޓަޑީގެ ފަރާތުން ފޯރުކޮށްދޭންޖެހޭކަމަށް ފުލުހުންގެ ޢާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ޚިދުމަތްތަކުގެ އިތުރު ޚިދުމަތްތައް ދޫނިދޫގައި ތިބި މީހުންގެ ތެރެއިން ވަކި ބަޔަކަށް ދީފައިވުމާއި، ޖަލުގެ ގޮޅިން ބޭރަށް ނެރެ އެމީހުން ބައިތިއްބާފައި ތިބި ދޫނިދޫ ސަރަހައްދުގައި ޤާނޫނުން އެފަދަ މީހުންނަށް ދޭން ހަމަޖެހިފައިވާ ޢިނާޔަތްތަކާއި ޚިދުމަތްތަކުގެ އިތުރު ޢިނާޔަތްތައް އެމީހުންނަށް ލިބޭގޮތަށް ހަމަޖައްސާފައިވުމާއި، ދޫނިދޫގައި ގޮޅިން ބޭރަށްނެރުނު މީހުން ލައްވައި އާމްދަނީ ލިބޭފަދަ މަސައްކަތްތައް ކުރުވައި އެ މަސައްކަތްތަކުން ލިބުނު ބައެއް ފައިސާއިން އެފަދަ މީހުންނަށް ދޭން ނުޖެހޭ ޢިނާޔަތްތައް ދީފައިވުމާއި، ގޮޅިން ބޭރަށް ނެރުނު މީހުން ގޮޅިން ބޭރަށް ނެރެ އެމީހުން ލައްވައި މަސައްކަތްކުރުވާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިންގެ ހުއްދަ ލިބިގެންކަމަށް މުޖުތަބާ ޒާހިރު ބުނެފައިވީނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްވެސް ވެރިޔަކު ދޫނިދޫ ބަންދުގައި ތިބި މީހުން ލައްވައި މަސައްކަތްކުރުވަން ހުއްދަ ދީފައިނުވާނެކަމަށް އެފަރާތްތަކުން ބުނެފައިވުމާއި، ދޫނިދޫގައި ކޮންޓްރެކްޓަށް މަސައްކަތްކުރަން ދިޔަ ބައެއް ފަރާތްތަށް ފުލުހުންގެ ލިސްޓުގައި ހިމަނައިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ބިލްކުރާގޮތަށް ކާންދީފައިވުމާއެކު، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބް-އިނިސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ހުރި ޏ.ފުވައްމުލަކު ޖަވާހިރުވާދީ މުޖުތަބާ ޒާހިރުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތްތަކަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
2. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބް-އިނިސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޒާހިރު (ޖަވާހިރުވާދީ/ޏ.ފުވައްމުލައް) ދޫނިދޫ ކަސްޓޯޑިއަލް ބެލެހެއްޓުމާ ޙަވާލުވެހުރިއިރު، ދޫނިދޫ ޖަލުގެ ގޮޅިތަކުގައި ހައްޔަރުކޮށްފައި ތިބި ބައެއް މީހުން ގޮޅިން ބޭރަށް ނެރެ އެމީހުން ލައްވައި ދޫނިދޫގައި ހެދި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ގުދަނުގެ މަސައްކަތް ކުރުވައިގެން އެމީހުންނަށް ލިބުނު ފައިސާގެ ތެރެއިން 10,000 (ދިހަހާސް) ރުފިޔާ އިންޑިޔާއިން ދަލެއް ގަތުމުގެ ނަމުގައި އެމީހުންގެ އަތުން އަތުލާފައިވުމާއި، އެފައިސާ ދޭންޖެހޭ ފަރާތަށް މިހާތަނަށްވެސް އެފައިސާ ދީފައިނުވުމާއި، ރުއްރުކުން ރާބާލައިގެން އެ ރަލުން ދިޔާހަކުރު ހަދައި އޭގެ ބޭނުންކޮށްފައިވުމާއި، ދޫނިދޫން ލިބުނު ތަކެތި ވިއްކައިގެން ލިބުނު ފައިސާ ހަމައަށް ހިސާބުތަކަށް އަރުވާފައި ނުވާކަމަށް ފާހަގަކުރެވިފައިވުމާއި، ދޫނިދޫން ލިބުނު ތަކެތި ވިއްކައިގެން ލިބުނު ފައިސާއިން ކޮށްފައިވާ ޚަރަދުތަކަކީ ދޫނިދޫގެ ބޭނުމަށް ކޮށްފައިވާ ޚަރަދުތަކެއްކަމަށް މުޖުތަބާ ޒާހިރު ބުނިނަމަވެސް، އެ ޚަރަދުތައް ކުރެވުނު ބޭނުންތައް އެތަކެތީގެ ބިލްތަކުން ނުވަތަ ލިޔެކިޔުމުން އެނގެން ނެތުމާއި، އެފައިސާއާމެދު ޢަމަލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށްކަމަށްވުމާއެކު، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބް-އިނިސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ހުރި ޏ.ފުވައްމުލަކު ޖަވާހިރުވާދީ މުޖުތަބާ ޒާހިރުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒުފައިދާ ހޯދުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
3. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބް-އިނިސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޒާހިރު (ޖަވާހިރުވާދީ/ޏ.ފުވައްމުލައް) ދޫނިދޫ ކަސްޓޯޑިއަލް ބެލެހެއްޓުމާ ޙަވާލުވެހުރިއިރު، ދޫނިދޫ ޖަލުގެ ގޮޅިތަކުގައި ހައްޔަރުކޮށްފައި ތިބި ބައެއް މީހުން ގޮޅިން ބޭރަށް ނެރެ އެމީހުން ލައްވައި ދޫނިދޫގައި ހެދި 06 ނަންބަރު ޖަލުގެ މަސައްކަތް ކުރަން ދިޔަ ފަރާތަށް މަސައްކަތުގެ އަގު ނުނަގައި ގައު އެޅުމުގެ މަސައްކަތް ކޮށްދީފައިވުމާއި، ދޫނިދޫގައި ހުރި ކޮންކްރީޓް މެޝިނެއް ކުލި ނުނަގައި އެފަރާތަށް ދޫކޮށްފައިވުމާއެކު، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބް-އިނިސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ހުރި ޏ.ފުވައްމުލަކު ޖަވާހިރުވާދީ މުޖުތަބާ ޒާހިރުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
4. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބް-އިނިސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޒާހިރު (ޖަވާހިރުވާދީ/ޏ.ފުވައްމުލައް) ދޫނިދޫ ކަސްޓޯޑިއަލް ބެލެހެއްޓުމާ ޙަވާލުވެހުރިއިރު، ދޫނިދޫއަށް ކޭޓަރކޮށްދޭ ސިމްފަނީ މޯލްޑިވްސްއާއި ދޫނިދޫގައި ކޮންޓްރެކްޓް މަސައްކަތްކުރަން ދިޔަ ބައެއް ފަރާތްތަކުން ދޫނިދޫގެ ބައެއް ކަންތައްތައް ކުރުމުގެ ނަމުގައި ފައިސާގެ އެހީއާއި ތަކެތީގެ އެހީ ހޯދާފައިވާކަމަށް މުޖުތަބާ ޒާހިރު ތަޙްޤީޤުގައި އިޢުތިރާފްވެފައިވާއިރު، އެގޮތުން ހޯދި ފައިސާ ޚަރަދުކުރިގޮތް އެއްވެސް ލިޔުމަކުން އެނގެން ނެތުމާއި، އެތަކެތި ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހުއްދަ ހޯދާފައި ނުވުމާއި، އެތަކެއްޗާމެދު ޢަމަލުކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 3.05 ވަނަ މާއްދާއާ ޚިލާފަށްކަމަށްވުމާއެކު އެތަކެއްޗަކީ އޭނާގެ އަމިއްލަ ބޭނުމަށް ހޯދި ތަކެތިކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބް-އިނިސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ހުރި ޏ.ފުވައްމުލަކު ޖަވާހިރުވާދީ މުޖުތަބާ ޒާހިރުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގެ ދަށުން ސަރުކާރާ ގުޅިގެން ކަމެއް ކުރާ ފަރާތްތަކަކުން އަމިއްލަ ކަންތައްތަކެއް ކުރުވުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
5. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޓޭޝަން އިންސްޕެކްޓަރ ޢަބްދުﷲ ވަޙީދު (ހަމަވަތި/ބ.ދަރަވަންދޫ) ދޫނިދޫ ކަސްޓޯޑިއަލް ޔުނިޓްގައި މަސައްކަތްކުރިއިރު ދޫނިދޫ ކަސްޓޯޑިއަލްގެ އިސްވެރިންގެ ތެރެއިން މީހެއްގެ ގޮތުގައި ހުރެ ދޫނިދޫ ޖަލުގެ ގޮޅިތަކުން ބޭރަށް ނެރެ ދޫނިދޫ ޓެންޓް ކިޔާ ތަނެއްގައި ބައިތިއްބާފައި ތިބި ބަންދުމީހުން ޖަލުގެ ގޮޅިތަކުން ނެރުމުގައި ދޫނިދޫ ކަސްޓޯޑިއަލް ބެލެހެއްޓުމާ ޙަވާލުވެހުރި މުޖުތަބާ ޒާހިރަށް އެހީތެރިވެދީފައިވުމާއި، ޖަލުގެ ގޮޅިން ބޭރަށް ނެރެ އެމީހުން ބައިތިއްބާފައި ތިބި ތަނުގައި ޤާނޫނުން އެފަދަ މީހުންނަށް ދޭން ހަމަޖެހިފައިވާ ޢިނާޔަތްތަކާއި ޚިދުމަތްތަކުގެ އިތުރު ޢިނާޔަތްތައް އެމީހުންނަށް ލިބޭގޮތަށް ޢަބްދުﷲ ވަޙީދުގެ އަމިއްލަ ތަކެތި ބޭނުންކޮށްގެން ހަމަޖައްސައިދީފައިވުމާއި، އެމީހުން ލައްވައި އާމްދަނީ ލިބޭފަދަ މަސައްކަތްތައް ކުރުވައި އެ މަސައްކަތްތަކުން ލިބުނު ބައެއް ފައިސާއިން އެފަދަ މީހުންނަށް ޕޮލިސް ކަސްޓަޑީގެ ފަރާތުން ފޯރުކޮށްދޭންޖެހޭކަމަށް ފުލުހުންގެ ޢާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ޚިދުމަތްތަކުގެ އިތުރު ޚިދުމަތްތަކާއި ޢިނާޔަތްތައް ދިނުމުގައި މުޖުތަބާ ޒާހިރަށް އެހީތެރިވެދީފައިވުމާއި، ދޫނިދޫން ލިބުނު ތަކެތި ވިއްކުމުގައި މުޖުތަބާ ޒާހިރަށް އެހީތެރިވެދީފައިވުމާއެކު، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރގެ މަޤާމުގައި ހުރި ބ.ދަރަވަންދޫ ‘ހަމަވަތި’ ޢަބްދުﷲ ވަޙީދުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތްތަކަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
6. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރގެ މަޤާމުގައި ހުރި ޢަބޫބަކުރު ޢަލީ (ވެޔޮދޮށުގެ/ހދ.ކުޅުދުއްފުށި) ދޫނިދޫ ކަސްޓޯޑިއަލް ޔުނިޓްގައި މަސައްކަތްކުރިއިރު ދޫނިދޫ ކަސްޓޯޑިއަލްގެ އިސްވެރިންގެ ތެރެއިން މީހެއްގެ ގޮތުގައި ހުރެ ދޫނިދޫ ޖަލުގެ ގޮޅިތަކުން ބޭރަށް ނެރެ ދޫނިދޫ ޓެންޓް ކިޔާ ތަނެއްގައި ބައިތިއްބާފައި ތިބި ބަންދުމީހުން ޖަލުގެ ގޮޅިތަކުން ނެރުމުގައި ދޫނިދޫ ކަސްޓޯޑިއަލް ބެލެހެއްޓުމާ ޙަވާލުވެހުރި މުޖުތަބާ ޒާހިރަށް އެހީތެރިވެދީފައިވުމާއި، އެމީހުން ލައްވައި އާމްދަނީ ލިބޭފަދަ މަސައްކަތްތައް ކުރުވައި އެ މަސައްކަތްތަކުން ލިބުނު ބައެއް ފައިސާއިން އެފަދަ މީހުންނަށް ޕޮލިސް ކަސްޓަޑީގެ ފަރާތުން ފޯރުކޮށްދޭންޖެހޭކަމަށް ފުލުހުންގެ ޢާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ޚިދުމަތްތަކުގެ އިތުރު ޚިދުމަތްތަކާއި ޢިނާޔަތްތައް ދިނުމުގައި މުޖުތަބާ ޒާހިރަށް އެހީތެރިވެދީފައިވުމާއި، ދޫނިދޫން ލިބުނު ތަކެތި ވިއްކުމުގައި މުޖުތަބާ ޒާހިރަށް އެހީތެރިވެދީފައިވުމާއެކު، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރގެ މަޤާމުގައި ހުރި ހދ.ކުޅުދުއްފުށީ ވެޔޮދޮށުގޭ އަބޫބަކުރު ޢަލީގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތްތަކަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
7. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރގެ މަޤާމުގައި ހުރި މަޢުމޫން ޖަޢުފަރު (ހުވަދުމާގެ/ގދ.ރަތަފަންދޫ) ދޫނިދޫ ކަސްޓޯޑިއަލް ޔުނިޓްގައި މަސައްކަތްކުރިއިރު ދޫނިދޫ ކަސްޓޯޑިއަލްގެ އިސްވެރިންގެ ތެރެއިން މީހެއްގެ ގޮތުގައި ހުރެ ދޫނިދޫ ޖަލުގެ ގޮޅިތަކުން ބޭރަށް ނެރެ ދޫނިދޫ ޓެންޓް ކިޔާ ތަނެއްގައި ބައިތިއްބާފައި ތިބި ބަންދުމީހުން ލައްވައި އާމްދަނީ ލިބޭފަދަ މަސައްކަތްތައް ކުރުވައި އެ މަސައްކަތްތަކުން ލިބުނު ބައެއް ފައިސާއިން އެފަދަ މީހުންނަށް ޕޮލިސް ކަސްޓަޑީގެ ފަރާތުން ފޯރުކޮށްދޭންޖެހޭކަމަށް ފުލުހުންގެ ޢާންމު ގަވާއިދުގައި ބަޔާންކޮށްފައިވާ ޚިދުމަތްތަކުގެ އިތުރު ޚިދުމަތްތަކާއި ޢިނާޔަތްތައް ދިނުމުގައި މުޖުތަބާ ޒާހިރަށް އެހީތެރިވެދީފައިވުމާއި، ދޫނިދޫން ލިބުނު ތަކެތި ވިއްކުމުގައާއި އެތަކެތި ވިއްކައިގެން ލިބުނު ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގައި މުޖުތަބާ ޒާހިރަށް އެހީތެރިވެދީފައިވުމާއެކު، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރގެ މަޤާމުގައި ހުރި ގދ.ރަތަފަންދޫ ހުވަދުމާގޭ މައުމޫން ޖަޢުފަރުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތްތަކަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
8. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބް-އިނިސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޒާހިރު (ޖަވާހިރުވާދީ/ޏ.ފުވައްމުލައް) ދޫނިދޫ ކަސްޓޯޑިއަލް ބެލެހެއްޓުމާ ޙަވާލުވެހުރިއިރު، ދޫނިދޫގައި ކޮންޓްރެކްޓް މަސައްކަތްކުރަން ދިޔަ ބައެއް މީހުންނަށް ފުލުހުންގެ އޯޑަރުގައި ހިމަނައިގެން މޯލްޑިވްސް ޕޮލިސްސަރވިސްއަށް ބިލްކުރާގޮތަށް ކާންދިނުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަރޖަންޓް ޢާޠިފް ނަޢީމް (ފްލެޓް ނަންބަރު 01-1/133، ކ.މާލެ) މުޖުތަބާ ޒާހިރަށް އެހީތެރިވެ ދީފައިވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަރޖަންޓްގެ މަޤާމުގައި ހުރި ޢާޠިފް ނަޢީމް (ފްލެޓް ނަންބަރު 01-1/133، ކ.މާލެ) ގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތްތަކަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، މައްސަލައިގެ ތަޙްޤީޤުގައި ދެފަހަރު ދެގޮތަށް ބުނެ ޢާޠިފް ނަޢީމް ދޮގު ހަދާފައިވާތީ، ޢާޠިފް ނަޢީމް (ފްލެޓް ނަންބަރު 01-1/133، ކ.މާލެ) ގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 62 ވަނަ މާއްދާގެ ދަށުން ދޮގުހެކި ދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
9. ދޫނިދޫ ކަސްޓޯޑިއަލް ޑިޕާޓްމަންޓަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަސްޓޯޑިއަލް ޔުނިޓްގެ ދަށުން ހިންގާ ތަނަކަށް ވެފައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސަބް-އިނިސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޒާހިރު (ޖަވާހިރުވާދީ/ޏ.ފުވައްމުލައް) ދޫނިދޫ ކަސްޓޯޑިއަލް ބެލެހެއްޓުމާ ޙަވާލުވެހުރިއިރު، ދޫނިދޫ ބަންދުގައި ތިބި މީހުން ގޮޅިން ބޭރަށް ނެރެ އެމީހުން ލައްވައި މުޖުތަބާ ޒާހިރު މަސައްކަތްކުރުވައިހެދިކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ހެޑަކަށް އޭރުހުރި ސ.ފޭދޫ ފިޔަނޫމާގޭ ޙުސައިން ރަޝީދަށް އެނގޭނެކަމަށް ތަޙްޤީޤަށް ބަޔާންދީފައިވާ ބައެއް ފަރާތްތަކުން ބުނެފައިވާތީއާއި، އެކަން ހުއްޓުވުމަށް ޙުސައިން ރަޝީދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީއާއި، އެ ކަންތައްތައް ނުކުރުމަށް ހެޑް އޮފް ޑިޕާޓްމަންޓްގެ ހައިސިއްޔަތުން މުޖުތަބާ ޒާހިރަށް ޙުސައިން ރަޝީދު އަންގާފައިނުވާތީ، މިކަމަކީ މަޤާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަންތައްތަކެއްކަމަށް ބެލެވޭތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ހެޑަކަށް ކުރިންހުރި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސ.ފޭދޫ ފިޔަނޫމާގޭ ޙުސައިން ރަޝީދުގެ މައްޗަށް ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތްތަކަކަށް ނާޖާއިޒުފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާ ކުރުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ.
10. ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ފަރާތުން ދޫނިދޫގައި ހަދަން ހަމަޖެއްސި ގޯޑައުން (ގުދަން) ގެ މަސައްކަތް ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުން ލައްވައި ކުރުވާގޮތަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ހިންގާކޮމިޓީން ނިންމާފައިވަނިކޮށް، ދޫނިދޫ ކަސްޓޯޑިއަލްގެ އިންޗާޖަކަށް ހުރި ސަބް-އިނިސްޕެކްޓަރ އޮފް ޕޮލިސް މުޖުތަބާ ޒާހިރުއާ ޕޮލްކޯގެ ފަރާތުން އެ މަސައްކަތް ޙަވާލުކުރިއިރު، ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުން ލައްވައި އެ މަސައްކަތް ކުރުވަން މުޖުތަބާ ޒާހިރަށް އަންގާފައި ނުވުމާއި، މަސައްކަތުގެ އެއްބަސްވުމެއް ހަދާފައިނުވުމާއި، ކުށްކުށުގެ ތުހުމަތުގައި ދޫނިދޫގައި ބަންދުކޮށްފައި ތިބި ބަޔަކު ލައްވައި މުޖުތަބާ ޒާހިރު އެ މަސައްކަތް ކުރުވީ ޕޮލްކޯގެ އިސްވެރިންގެ ގޮތުގައި ތިބި (ޗީފް އެގްޒެކްޓިވް އޮފިސަރ) ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފްއާއި (ޗީފް އޮޕަރޭޓިންގ އޮފިސަރ) ސަބް-އިނިސްޕެކްޓަރ އޮފް ޕޮލިސް އިލްޔާސް ރިޔާޟް އަށް އެނގިގެންކަން ތަޙްޤީޤަށް ލިބިފައިވާ މަޢުލޫމާތުން އެނގެން އޮތްއިރު އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކަމާބެހޭ އިސް ފަރާތްތަކަށް އަންގާފައިނުވާކަން އެނގޭތީ، މި މައްސަލައިގައި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ޗީފް އެގްޒެކްޓިވް އޮފިސަރގެ ގޮތުގައި ހުންނެވި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުލްމަންނާން ޔޫސުފް (ހަޒާރުމާގެ/ބ.މާޅޮސް) އާއި ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ޗީފް އޮޕަރޭޓިންގ އޮފިސަރގެ ގޮތުގައި ހުންނެވި ސަބް-އިނިސްޕެކްޓަރ އޮފް ޕޮލިސް އިލްޔާސް ރިޔާޟް (ހުވަދުމާގެ، ތ.ކިނބިދޫ) އާމެދު އިޞްލާޙީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ވަނީ އެންގިފައެވެ.