އެންޓި-ކޮރަޕްޝަން ކޮމިޝަނާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މުވައްޒަފުންނަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމުގެ ދަށުން ބޭއްވި ފުރަތަމަ ދަރުސް މިއަދު އެންޓި-ކޮރަޕްޝަން ކޮމިޝަންގައި ބާއްވައިފިއެވެ.
މިއަދު ކުރިއަށް ގެންދެވުނު ދީނީ ދަރުސްގައި ކީރިތި ޤުރުއާނުގައިވާ ޢިލްމީ ޙަޤީޤަތްތަކާއި ބައެއް މުޢުޖިޒާތްތަކާ ބެހޭގޮތުން ވާހަކަފުޅުދެއްކެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ކޯޑިނޭޓަރ އައްޝައިޚް ހައިޝަމް މުޙައްމަދު އެވެ.
މިއަދުގެ ދަރުސްގައި އޭސީސީގެ މެމްބަރުންނާއި ހުރިހާ މުވައްޒަފުން ބައިވެރިވިއެވެ.