ކޮރަޕްޝަން ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

15 Jul 2015

ޓްރާންސްޕޭރަންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ދެމެދު ކޮރަޕްޝަން ހުއްޓުމުގެ މަސައްކަތުގައި އެއްބާރުލުންދީ، ގުޅިގެން މަސައްކަތް ކުރުމާބެހޭ އެމް.އޯ.ޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސޮއި ކުރެވުނު މި އެމް.އޯ.ޔޫގެ މައިގަނޑު މަޤުޞަދަކީ އޭޝިއާ ޕެސިފިކް ޤައުމުތަކުގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ޤާއިމްކުރެވިފައިވާ އިދާރާތަކުން ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، އަދި ކޮރަޕްޝަން ހުއްޓުވުމަށް ގުޅިގެން މަސައްކަތް ކުރުމެވެ.

މި އެމް.އޯ.ޔޫގެ ދަށުން ކޮރަޕްޝަން ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ކުރަމުންދާ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ފަންނީ އެހީތެރިކަން ލިބުމާއި މަސައްކަތުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގައި އޭޝިޔާ ޕެސިފިކް ޤައުމުތަކުގައި ޤާއިމް ކުރެވިފައިވާ އެޖެންސީތަކުގެ އެއްބާރުލުން ލިބުމަށް މަގު ފަހިވެގެންދާނެއެވެ.

 



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×