އިންޓަރނޭޝަނަލް އެންޓިކޮރަޕްޝަން ކޮންފަރެންސް” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެ

02 Sep 2015

02 ސެޕްޓެންބަރު 2015 ން 04 ސެޕްޓެންބަރު 2015 އަށް މެލޭޝިޔާގައި ކުރިއަށް ގެންދާ “16 ވަނަ އިންޓަރނޭޝަނަލް އެންޓި-ކޮރަޕްޝަން ކޮންފަރެންސް” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ކޮންފަރެންސްގައި މިކޮމިޝަނުގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ކޮމިޝަނުގެ މެމްބަރ ޞަފްވަތު މުޙައްމަދުއާއި، ކޮމިޝަނުގެ މެމްބަރ އާމިނަތު މިންނާގެ އިތުރުން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ރަޝީދުއެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތައް އެއް މޭޒަކުން ބައްދަލުވެ، އެފަރާތްތަކުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގައި ގެންގުޅުއްވާ ފަންނީ ހުނަރުތަކާއި، ސްޓްރެޓެޖީތައް ބޭނުންކުރާނެ ގޮތްތަކަށް އަހުލުވެރިވުމާއި، ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ޤައުމުތަކުން މަސައްކަތްކުރާގޮތުގެ މަޢުލޫމާތު ބަދަލުކުރުމެވެ. އަދި މީގެއިތުރުން މިބައްދަލުވުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު ޤަބޫލުކުރާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަންނީ މާހިރުން ބައިވެރިވެ އެބޭފުޅުންނަށް ލިބިފައިވާ މަޢުލޫމާތާއި ތަޖުރިބާވެސް މިކޮންފަރެންސްގައި ބައިވެރިންނާ ހިއްސާކުރާނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×