ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ވެބްސައިޓު ލޯންޗްކޮށްފި

10 Dec 2015

ނަޒާހަތްތެރިކަމުގެ ޤައުމީ ނިޒާމް ހަރުދަނާކުރުމަށްޓަކައި، ކުރިޔަށް އޮތް 05 އަހަރަށް، އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން ތައްޔާރުކުރާ، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން (އެން.އައި.ޕީ)ގެ ވެބްސައިޓު ލޯންޗްކޮށްފިއެވެ. މި ވެބްސައިޓް ލޯންޗްކޮށްދެއްވީ، ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން 9 ޑިސެންބަރު 2015 ވީ ބުދަ ދުވަހު ހެނދުނު 10:00 ގައި، ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ޔަޒީދު މުޙައްމަދު އެވެ.
ލޯންޗްކުރެވުނު އެން.އައި.ޕީގެ ވެބްސައިޓްގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ ތަޢާރަފާއި، ޕްލޭންގެ މައިގަނޑު އަސާސްތަކާއި، ސިޔާސަތުތަކާއި، ސްޓްރެޓެޖީތަކާއި، ޙަރަކާތްތަކާއި، ޕްލޭން ތަންފީޒުކުރާނެ ގޮތާއި، ޕްރޮމޯޓުކުރާނެ ގޮތް އަދި ޕްލޭން ތަންފީޒުކުރުމުގައި ބައިވެރިވާ ފަރާތްތައް ހިމެނެއެވެ. އެން.އައި.ޕީ ވެބްސައިޓްގެ އެޑްރެސްއަކީ http://nip.gov.mv އެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×