މި އަހަރު ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 1699 ފަރާތަކަށް އެންޓި-ކޮރަޕްޝަން ޓްރޭނިންގ ހިންގައިފި

16 Dec 2015

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ދައުލަތުގެ މުވައްޒަފުންނާއި ސްކޫލް ދަރިވަރުންނަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި، 73 ސެޝަން ހިންގައި 1699 ފަރާތެއް ތަމްރީނު ކޮށްފިއެވެ. މިގޮތުން މާލޭގެ އިދާރާތަކަށް ޚާއްޞަކުރެވިގެން، ފުރަތަމަ ކުއާޓަރގައި 3 ސެޝަން ހިންގައި 71 މުވައްޒަފުން ތަމްރީނު ކުރެވިފައިވާއިރު، ދެވަނަ ކުއާޓަރގައި 9 ސެޝަން ހިންގައި 174 މުވައްޒަފުން ތަމްރީނު ކުރެވިފައިވެއެވެ. މީގެ އިތުރުން، ފުރަތަމަ ކުއާޓަރގައި އަތޮޅުތެރޭގައި 32 ސެޝަން ހިންގައި 363 މުވައްޒަފުން ތަމްރީނު ކުރެވިފައިވާއިރު ދެވަނަ ކުއާޓަރގައި 14 ސެޝަން ހިންގައި 260 މުވައްޒަފުން ތަމްރީނު ކުރެވިފައިވެއެވެ. މިއީ، ދައުލަތުގެ މުވައްޒަފުންގެ މެދުގައި ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި، ކޮރަޕްޝަންގެ ޢަމަލުތަކާމެދު މުވައްޒަފުން ހޭލުންތެރިކުރުމަށާއި، އަދި ދައުލަތުގެ ޕްރޮކިއުމެންޓާ ގުޅޭ މަޢުލޫމާތު މުވައްޒަފުންނާ ޙިއްޞާކުރުމަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

އަދި ހަމައެއާއެކު، ކޮރަޕްޝަންގެ ގެއްލުމާމެދު ސްކޫލު ދަރިވަރުން ހޭލުންތެރިކުރުވައި، ނަޒާޙަތްތެރިކަމަށް ޢަހުލުވެރިކުރުމުގެ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރގައި، 3 ސެޝަން ހިންގައި 107 ދަރިވަރުން ތަމްރީނު ކުރެވިފައިވާއިރު ދެވަނަ ކުއާޓަރގައި 12 ސެޝަން ހިންގައި 724 ދަރިވަރުން ތަމްރީނު ކުރެވިފައިވެއެވެ. މި ޓްރޭނިންގ ސެޝަންތަކުގައި ނަޒާހަތްތެރިކަމާއި، ރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ދައުރާއި  ކޮރަޕްޝަން ހުއްޓުވުމާއި ވިޔަނުދިނުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ މައުލޫމާތު ޙިއްޞާކުރެވުނެވެ.

 

hingunu training section 2015



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×