ޑިޕްލޮމާ އިން ޕޮލިސިންގ ކޯހުގެ ބައިވެރީންނަށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތަކާ ގުޅުންހުރި ޤާނޫނުތަކާއި ކޮމިޝަންގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންއެއް ބާއްވައިފި

25 Jan 2016

 

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފުލުހުންނަށް ކުރިއަށްގެންދާ ޑިޕްލޮމާ އިން ޕޮލިސިންގ ކޯހުގެ ބައިވެރީންނަށް އެންޓި-ކޮރަޕްޝަން ކޮމިޝަން އިން މަޢުލޫމާތު ދިނުމުގެ ސެޝަނެއް 24 ޖަނަވަރީ 2016 ގައި ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންގައި މަޢުލޫމާތު ދީފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތަކާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާއި، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތާ ބެހޭގޮތުންނެވެ. މި ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ކޮމިޝަންގެ ނައިބުރައީސް މުއައްވިޒް ރަޝީދު އާއި ލީގަލް އޮފިސަރުންކަމުގައިވާ މުޙައްމަދު ނިޝާޠު އާއި ފާޠިމަތު އަނޫލާ އެވެ. މި ސެޝަންގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ 35 ފުލުހަކު ބައިވެރިވެފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×