އޭ.ސީ.ސީ އިން ރިކޯޑް ސާފުކޮށްދޭ ގޮތުގެ އުޞޫލު ޢާއްމުކޮށްފި

01 Feb 2016

ދައުލަތުގެ އެކި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކާއި އެހެންވެސް ބޭނުންތަކުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤު ކުރެވިފައިވާ މައްސަލަތަކާއި ތަޙްޤީޤު ހިނގަމުންދާ މައްސަލަތަކާބެހޭގޮތުން ދައުލަތުގެ އިދާރާތަކަށާއި ޢާއްމު ފަރާތްތަކަށް ރިކޯޑު ސާފުކޮށްދޭނެ ގޮތުގެ އުޞޫލު އޭ.ސީ.ސީ އިން ޢާއްމުކޮށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ.

ރިކޯޑެއް އޮތްތޯ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާނެގޮތާއި، ރިކޯޑެއް އޮތްކަމަށް ނުވަތަ ނެތްކަމަށް ބަލާނެ ޙާލަތްތައް ތަފްޞީލްކޮށް މިއުޞޫލުގައިވަނީ ބަޔާންކޮށްފައެވެ. އެގޮތުން، މި އުޞޫލަށް ޢަމަލުކުރަން ފެށުމާއެކު، އައްޑޫ ސިޓީގެ ހިތަދޫގައި ޤާއިމްކުރެވިފައިވާ އޭ.ސީ.ސީ ގެ ސަދަންރީޖަނަލް އޮފީހުންވެސް ރެކޯޑް ސާފުކޮށްދިނުމުގެ ޚިދުމަތް ދިނުންވަނީ ފަށާފައެވެ.

pdf އެންޓި-ކޮރަޕްޝަން ކޮމިޝަން އިން ރިކޯޑު ސާފުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލް



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×