ސެންޓަރ ފޯރ ހަޔަރ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ގްރޭޑް 11 އަށް އަލަށްވަން ދަރިވަރުންނަށް ނަޒާހަތްތެރިކަމުގެ ސިފަތަކާމެދު ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. 6 މާރިޗު 2016 އިން 8 މާރިޗު 2016 އަށް ސީއެޗްއެސްއީ އެނެކްސް (ކުރީގެ ދަރުމަވަންތަ ސްކޫލް) ގައި ކުރިއަށް ދިޔަ މިޕްރޮގްރާމްގައި ޖުމްލަ 9 ސެޝަންގައި 381 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މިސެޝަންގައި ނަޒާހަތްތެރިކަމާއި، ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ އިތުރުން، ކޮރަޕްޝަނާއި، ޤައުމަށް ކޮރަޕްޝަނުގެ ސަބަބުން ލިބިގެންދާ ގެއްލުމުގެ މައްޗަށް އަލިއަޅުވައިލެވިފައިވެއެވެ.
ސީއެޗްއެސްއީގެ ދަރިވަރުންނަށް ނަޒާހަތްތެރިކަން އިސްކުރުމާ ގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި.
10 Mar 2016![](https://archive.acc.gov.mv/wp-content/uploads/2016/03/DSC_0469-570x340.jpg)