އޭ.ސީ.ސީ ގެ ތަޙްޤީޤު ކުރުމާބެހޭ އުޞޫލުގެ 120 ވަނަ ބާބަށް ޢަމަލުކުރަން ފެށުމުގެ ގޮތުން ތަމްރީން ޕްރޮގްރާމެއް ބާއްވައިފި.

07 Apr 2016

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޢަމަލު ކުރަމުންދާ ތަޙްޤީޤު ކުރުމާބެހޭ އުޞޫލުތައް ހަރުދަނާކޮށް އަލުން އެކުލަވާލުމަށް އޭ.ސީ.ސީ އިން ފަށާފައިވާ މަސައްކަތުގެ ދަށުން، އެކުލަވާލަމުންދާ [އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަޙްޤީޤުކުރުމުގެ އުޞޫލު] ގެ 120 ވަނަ ބާބު ކޮމިޝަނުން ފާސްކޮށް، 10 އޭޕްރީލް 2016 އިން ފެށިގެން އެ ބާބަށް ޢަމަލުކުރަން ނިންމައިފިއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަޙުޤީޤު ކުރުމުގެ އުޞޫލުގެ 120 ވަނަ ބާބުގައި ބަޔާންކޮށްފައިވަނީ ކޮމިޝަނުން ކުރިއަށް ގެންދާ ތަޙުޤީޤުތަކުގައި ހެއްކާއި މަޢުލޫމާތު ހޯދުމުގައި ޢަމަލުކުރަންޖެހޭނެ އިޖުރާއަތުތަކެވެ. މި ބާބުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރަންޖެހޭ މުވައްޒަފުން، އެ މަސައްކަތްތަކަށް އަހުލުވެރިކުރުމުގެގޮތުން 06 އޭޕްރީލް 2016 ވީ ބުދަ ދުވަހު އޭ.ސީ.ސީ ގައި ޓްރެއިނިންގ ސެޝަނެއް ބާއްވާފައިވެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×