ޤައުމީ އެންޓި-ކޮރަޕްޝަން ދުވަހާއި ގުޅުވައިގެން ފުވައްމުލަކު ސްކޫލް ދަރިވަރުންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފި

18 Apr 2016

2016 ވަނަ އަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކު ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް މިއަދު (18 އެޕްރީލް 2016) ފަށައިފިއެވެ. މި ޕްރޮގްރާމަކީ، ދަރިވަރުންގެ މެދުގައި ކޮރަޕްޝަނާއިމެދު ހޭލުންތެރިކަން އިތުރުކޮށް، ކޮރަޕްޝާނާ ދެކޮޅަށް މަސައްކަތްކޮށް ނަޒާހަތްތެރިކަން އިސްކުރާ ބަޔަކަށް ހެދުމާ ގުޅޭގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ފުވައްމުލަކުގެ 4 ސްކޫލެއް ކަމަށްވާ، މަދަރަސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން އާއި، ޏ.އަތޮޅު ތަޢުލީމީ މަރުކަޒު އާއި، ފުވައްމުލަކު ސްކޫލް އަދި ހާފިޒް އަޙްމަދު ސްކޫލުގެ ދަރިވަރުންނަށް މި ޕްރޮގްރާމް އަމާޒުކުރެވިފައިވާއިރު، 1 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ކޮންމެ ސްކޫލެއްގެ ދަރިވަރުންނަށް ވެސް ވަކިވަކިން ސެޝަންތައް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންޓި-ކޮރަޕްޝަނުގެ ކޮމިޝަނުގެ މުވައްޒަފުން ހުށަހަޅައިދޭ މި ސެޝަންތަކުގައި، ނަޒާހަތްތެރިކަމުގެ މާނައާއި، މުހިންމުކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ދައުރާއި، ރާއްޖޭގައި ނަޒާހަތްތެރި ޖީލެއް ބިނާކުރުމަށާއި، ސްކޫލް ދަރިވަރުންގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ބޭނުންވާނެ މުޙިއްމު މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×