ހުޅުމާލެ ކުޑަކުދިންގެ ހިޔާގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

08 May 2016

މިއަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ކުޑަކުދިންގެ ހިޔާ (ފިޔަވަތި)ގައި މިކޮމިޝަނުގެ ފަރާތުން ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ. އިޖުތިމާޢީ ކަންކަމުގައި އޭސީސީގެ ބައިވެރިވުން އިތުރުކުރުމުގެ މައިގަނޑު މަޤުޞަދުގައި ބޭއްވި މި ހަވީރުގައި އޭސީސީގެ މެމްބަރުންނާއި މުވައްޒަފުންގެ އިތުރުން، ހުޅުމާލޭގެ ކުޑަކުދިންގެ ހިޔާގައި ތިބި ކުޑަކުދިން ބައިވެރިވެފައިވެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން 06 މޭ 2016 ގައި ބޭއްވި މި ހަވީރުގައި، ކުޑަކުދިންގެ ހިޔާގައި ތިބި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ގިނަ ކުޅިވަރުތައް ކުރިއަށްގެންދެވިފައިވާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންގެ ފަރާތުން ކުޑަކުދިންގެ ހިޔާއަށް ބޭނުންވާ ބައެއް ތަކެތި ވަނީ ހަދިޔާކުރެވިފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×