އޭސީސީގެ ފަރާތުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފި

08 May 2016

މިއަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި މޯލްޑިވްސް ބްލަޑް ސަރވިސް ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ކުރިއަށް ގެންގޮސްފައެވެ. މި ކޭމްޕްގެ މައިގަނޑު މަޤުޞަދަކީ، މުޖުތަމަޢުގެ ކަންކަމުގައި އެސީސީގެ ބައިވެރިވުން އިތުރުކުރުމާއި، މޯލްޑިވްސް ބްލަޑް ސަރވިސް އިން ލޭ ހޯއްދަވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ މަގުފަހިކޮށްދިނުމެވެ.

އާންމުކޮށް ހުޅުވާލެވިގެން 07 މޭ 2016 ގައި ކުރިއަށް ގެންދެވުނު މި ކޭމްޕްގައި، ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންގެ އިތުރުން އެކިއެކި އިދާރާތަކުގެ ބޭފުޅުންނާއި އާންމު ފަރުދުންވަނީ ލޭ ހަދިޔާކުރައްވާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×