އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ކުއާޓާލީ ބުލެޓިންގެ 2 ވަނަ އަދަދު ނެރެފި

09 May 2016

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުހިންމު މަސައްކަތްތައް ޢާންމުންނަށް ހާސާކުރުމަށާއި، ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި ކޮމިޝަނުން ނެރެން ފަށާފައިވާ “ބިތުފަންގި’ ބުލެޓިން ގެ 2ވަނަ އަދަދު ނެރެފިއެވެ. މި ބުލެޓިން ނެރެފައިވަނީ މިއަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލަކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ. މި ބުލެޓިން ނެރެދެއްވީ އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް އައިމަން އެވެ.

މި ބުލެޓިންގައި، ކޮމިޝަނުން މިއަހަރުގެ ފުރަތަމަ ކުއަރޓަރގެ ތެރޭގައި ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައިގެ ޚުލާޞާއެއް ހިމެނިފައިވެއެވެ. މީގެ އިތުރުން، މިއަހަރުގެ ފުރަތަމަ ކުއަރޓަރގެ ކޮމިޝަންގެ ތަފާސްހިސާބާއި، މުހިންމު ޚަބަރުތަކާއި، މުހިންމު ހަރަކާތްތަކާއި އަދި ކޮރަޕްޝަންގެ ނުބައިކަމާއި ގެއްލުންތަކަށް ހޭލުންތެރިކުރުމުގެ ލިޔުންތައް ހިމަނާފައިވެއެވެ. މި ބުލެޓިން ކޮމިޝަންގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުގައި ޝާޢިއުކުރެވިފައި ވާނެއެވެ.

ކުއަރޓަރލީ ބުލެޓިން ވޮލިއުމް ނަންބަރު 2



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×