ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް 2016 ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރިވެއްޖެ

11 May 2016

“ފުރިހަމަ ސިވިލް ސަރވިސް އެއް ޤާއިމު ކުރުން” މި ޝިއާރުގެ ދަށުން 2016 މޭ 11 އިން 12 ކުރިއަށް ގެންދެވޭ، 2 ވަނަ ސިވިލް ސަރވިސް ކޮންފަރެންސް ގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރިވެއްޖެއެވެ. މި ކޮންފަރެންސްގައި 6 ދިރާސާ ކަރުދާހެއްގެ މައްޗަށް މަޝްވަރާކުރެވޭނެއެވެ. މައިގަނޑު ތިން ދާއިރާއަކަށް އަމާޒުކޮށްގެން މި ކޮންފަރެންސަށް ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. އެއީ 1. ރިފޯމިންގ ފޯ އަ ޕްރޮފެޝަނަލް ސިވިލް ސަރވިސް: ސްޓްރައިވިންގ ފޯ ޕަރފޯމެންސް އެކްސެލެންސް 2. ޑީރެގިއުލޭޓިންގ ދަ ސިވިލް ސަރވިސް: ބިލްޑިންގ ޑައިވަރޖެންސް އެންޑް ޑައިނަމިޒަމް އަދި 3. އެތިކްސް އެންޑް އިންޓެގްރިޓީ: ޕްރޮމޯޓިންގ ޕްރޮފެޝަނަލިޒަމް އެންޑް ޕޮލިޓިކަލް ރެސްޕޮންސިވްނެސް މި ތިން ދާއިރާއެވެ.

މި ކޮންފަރެންސްގައި “އެތިކްސް އެންޑް އިންޓެގްރިޓީ: ޕްރޮމޯޓިންގ ޕްރޮފެޝަނަލިޒަމް އެންޑް ޕޮލިޓިކަލް ރެސްޕޮންސިވްނެސް” މި ދާއިރާއަށް ބިނާކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކަރުދާހެއް ހުށަހަޅާނެއެވެ. މިގޮތުން، މިކަރުދާހަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން 2014 ވަނަ އަހަރު ބަލައި ނިންމި މައްސަލަތަކުގެ “ޑެސްކް ރިވިއު” އެއްގެ މައްޗަށް ބިނާކޮށް “ސިވިލް ސަރވިސްގެ އިދާރާތަކުން ފާހަގަކުރެވޭ ބިޑް ޕްރޮސެސިންގެ މައްސަލަތައް ދެނެގަތުން” މި މަޢުޟޫޢަށް ތައްޔާރުކުރެވިފައިވާ ކަރުދާހެކެވެ. މި ކަރުދާހުގައި ސިވިލްސަރވިސްގެ އިދާރާތަކުގައި ‘ބިޑް ޕްރޮސެސިން’ ގައި އާންމު ގޮތެއްގައި ދިމާވާ މައްސަލަތަކާއި، މި މައްސަލަތައް މެދުވެރިވާން ދިމާވާ ސަބަބުތަކާއި، މިފަދަ މައްސަލަތަކަށް ޙައްލު ހޯދާނެ ގޮތްތައް ހިމެނޭނެއެވެ.

މިކޮންފަރެންސްގެ ޝަރަފުވެރި މެހެމާނަކީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ޙަސަން އެވެ. އަދި ބައެއް މިނިސްޓަރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުންނާއި، ޕާމަނަންޓް ސެކެރެޓަރީންނާއި، ކައުންސިލްތަކުގެ ޒިމްމާދާރުވެރީންގެ އިތުރުން އޭސީސީގެ ރައީސް ވެސް މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×