އޭސީސީގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ ޢަދަދު އިތުރުވެއްޖެ

17 May 2016

2016 ވަނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި 219 މައްސަލަ އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު 2015 ވަނަ އަހަރު އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވަނީ 195 މައްސަލައެވެ. މިއީ 2015 ވަނަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު 12 އިންސައްތައިގެ އިތުރުވުމެކެވެ. ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ތަޙްޤީޤު ކުރުމަށް ނިންމީ 212 މައްސަލައެވެ. 2015 ވަނަ އަހަރު އެމުއްދަތުގައި ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 157 މައްސަލައެވެ.

ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައްދަނީ އެ މެންޑޭޓެއް އޮތް އިދާރާއަކަށް ފޮނުވަމުންނެވެ. މިގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 18 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 2 މައްސަލައެވެ.

އެކަށީގެންވާ ވަރަށް މަޢުލޫމާތު ނެތިގެން 43 މައްސަލަ މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ނުބަލާ ދޫކޮށްލާފައިވާއިރު، 2015 ވަނަ އަހަރުގެ އެމުއްދަތުގައި އެކަށީގެންވާ ވަރަށް މަޢުލޫމާތު ނެތިގެން 42 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައެވެ.



ޝަކުވާ ހުށަހެޅުމަށް އަޅުގަނޑުމެންގެ އައު ވެބްސައިޓުގައިވާ ފޯމު ބޭނުން ކުރައްވާ.

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×